އިމްތިހާނު ކަރުދާސް ޗާޕުކުރާނޭ ކަރުދާހާއި ދެލި ގަނެވެން ނެތިގެން ލަންކާގެ ސްކޫލްތަކުގެ އިމްތިހާނު ކެންސަލްކޮށްފި
އިމްތިހާނު ކަރުދާސް ޗާޕްކުރާނޭ ކަރުދާހާއި ދެލި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާ ނެތުމުގެ ސަބަބުން ސްރީލަންކާގެ ވެސްޓަރން ޕްރޮވިންސްގެ މަދަރުސާ ކުދީންގެ އިމްތިހާނު ބޭއްވުން ކެންސަލްކޮށްފިއެވެ.
ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވަނީ މިމަހު ބާއްވަން ހަމަޖެހިފައިވާ ޓާރމް ޓެސްޓް ވަކި މުއްދަތެއް ނެތި ފަސްކޮށްފައިވާ ކަމުގައެވެ. މި މައްސަލަ މިވަގުތު ދިމާވެފައި ވަނީ ވެސްޓަރން ޕްރޮވިންސްގެ ދަރިވަރުންނާއި ސްކޫލްތަކަށެވެ. ވެސްޓަރން ޕްރޮވިންސަކީ ހަ މިލިޔަން މީހުންގެ އާބާދީއެއް އެކުލެވޭ ޕްރޮވިންސެކެވެ. ވެރިރަށް ކޮލަމްބޯ އާއި ދެހިވަލަޔާއި މޮރަތުވާ ހިމެނެނީ މި ޕްރޮވިންސްގައެވެ
މިމަހަށް ޝެޑިއުލް ކުރެވިފައިވާ ޓެސްޓްތަކަކީ ދިރާސީ އަހަރު ނިމޭއިރު އެކި ގްރޭޑްތަކަށް ޕްރޮމޯޓްވާ ކުދިން ކަނޑައެޅުމުގައި ވަރަށް މުހިންމު ޓެސްޓެކެވެ. ޓެސްޓް ކެންސަލްވުމަކީ ޚާއްސަ ގޮތެއްގައި ގްރޭޑް 8، 9، 10 އަދި 11 ގެ ކުދިންނަށް ވަރަށް ގިނަ ތަކުލީފުތައް އުފުލާން ޖެހޭނޭ ކަމެކެވެ.
ސްރީލަންކާގެ އިގްތިސާދު ވަޅުޖެހި ބޭރު ފައިސާގެ ތާށިކަން ކުރިމަތިވެފައިވަނީ ކޮވިޑުގެ ސަބަބުން އިގްތިސާދީ ހަރަކާތްތައް ހުއްޓުމުގެ ސަބަބުންނެވެ. މިއީ ސްރީލަންކާއަށް 1948 ގައި މިނިވަންކަން ލިބުނު ފަހުން އެގައުމަށް އިގްތިސާދީގޮތުން ކުރިމަތިވި އެންމެ ބޮޑު ތަދުމަޑުކަމެވެ.
އާބާދީގައި ގާތްގަޑަކަށް 22 މިލިޔަން މީހުން ހިމެނޭ ސްރީލަންކާގެ އިގްތިސާދު ނެގެހެއްޓުމަށް ދާދިފަހުން ރައީސް ގޮތަބަޔާ ރާޖަޕަކްސާގެ ސަރުކާރުން ވަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ އެހީތެރިކަމަށް އެދިފައެވެ. މިދިޔަ ހުކުރުދުވަހު މަނިޓަރީ ފަންޑުން ބުނެފައިވަނީ އެފަރާތުން މި ހުށައެޅުމާމެދު ވިސްނަމުންދާ ކަމުގައެވެ.
ދާދިފަހުން ލަންކާގެ މާލީ ވަޒީރު ބަސިލް ރާޖަޕަކްސާ އިންޑިޔާއަށް ވަޑައިގެން ކުރެެއްވި މަޝްވަރާތަކަށް ފަހު ލަންކާއަށް ކޮންމެހެންވެސް ބޭނުންވާ އަސާސީ ތަކެތި އެތެރެކުރުމަށް 1 ބިލިޔަން ޑޮލަރުގެ ދަރަންޏެއް އިންޑިޔާ ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ