ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް މާލޭގައި ނައިޓު މާކެޓެއް ބާއްވަން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނީ މިއަހަރުގެ ރޯދަ މަހާ ގުޅުވައިގެން އާންމުންނަށް ހެޔޮ އަގުގައި ރޯދައަށް ބޭނުންވާ ސާމާނު ހޯދައިދިނުމުގެ ގޮތުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އެހީތެރިވުމުގެ ގޮތުން، "މާލެ ސިޓީ ކައުންސިލް ނައިޓް މާކެޓް"ގެ ނަމުގައި ނައިޓް މާކެޓެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
ރަމަޟާން މަސް ފެށެން 13 ވަރަކަށް ދުވަހަށް ވެފައިވާ އިރު، ނައިޓު މާކެޓު ބާއްވާނެ ދުވަހެއް އަދި ބާއްވާނެ ތަނެއް ސިޓީ ކައުންސިލަކުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ސިޓީ ކައުންސިލުން ވަނީ މި ނައިޓް މާކެޓު ބޭއްވުމަށް 100 ސެޓު ޓެންޓު ހޯދުމަށް އިއުލާނުކޮށްފައެވެ.
ކޮވިޑާ ގުޅިގެން އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައިވާއިރު، އެއްވުންތަކާއި ހަފުލާތަކާއި ނައިޓު މާކެޓުތަކާއި ފެއާ ބޭއްވުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު