މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ދުވުންވެރިޔާ ހަސަން ސާއިދު ހޮވި އިރު، އެންމެ މޮޅު އަންހެން އެތުލީޓަކަށް ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުއްރައްޒާގު (ނަބާ) ހޮވައިފިއެވެ.
ގައުމީ ކުޅިވަރުތަކާއި ކުޅިވަރާ ގުޅުން ހުރި ދާއިރާތަކުން އެކިއެކި ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ޔޫތު މިނިސްޓްރީން އިސް ނަގައިގެން ދުވާ ޓްރެކްގައި މިރޭ ކުރިއަށްގެންދިޔަ ހާއްސަ ކުޅިވަރު އެވޯޑު ހަފުލާގައި އެންމެ މޮޅު ފިރިހެން އެތުލީޓު ސާއިދަށް ބައިވެރިވެވިފައެއް ނުވެއެވެ. އޭނާ މިވަގުތު ހުރީ ސާބިއާގައެވެ. އެއީ އިންޓަނޭޝަނަލް އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ގައުމު ތަމްސީލު ކޮށްދިނުމަށެވެ.
ސްޕޯޓްސްމަން އޮފް ދި އިޔާ އެވޯޑުގައި ސާއިދާ ވާދަކުރީ ބެޑްމިންޓަން ކުޅުންތެރިޔާ ހުސައިން ޒަޔާން ޝަހީދު ޒަކީ އާއި ވޮލީ ކުޅުންތެރިޔާ އާދަމް ނަސީމް (އެޑަމް) އެވެ. ޒަޔާން އަށް ދެވަނަ ލިބުނު އިރު، ތިންވަނަ މަގާމު ހޯދީ އެޑަމްއެވެ. ސްޕޯޓްސްވުމަން އޮފް ދި އިޔާ އެވޯޑުގައި ނަބާހާއާ ވާދަކުރީ އޭނާގެ އެއްމާބަނޑު ދައްތަ ފާތިމަތު ނަބީހާ އަބްދުއްރައްޒާގާއި ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީއެވެ. ނަބީހާއަށް ދެވަނަ ލިބުނު އިރު، ދީމާއަށް ލިބުނީ ތިންވަނައެވެ. އެ ހުރިހާ މަގާމުތަކަށްވެސް އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.
މިރޭގެ އިވެންޓުގައި ދުނިޔޭގެ ކުޅިވަރުގެ ގިނަ ތަރިންތަކެއް ބައިވެރިވެފައިވާ އިރު، ކުޅިވަރުގައި އެތައް އެވޯޑެއް ވަނީ ދީފައެވެ. އެކިއެކި ކުޅިވަރު ދާއިރާތަކުގެ އެންމެ މޮޅެތި އެތުލީޓުން ހޮވުމުގެ އިތުރުން ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި ކޮންޓްރިބިއުޓާސްއަށް ހާއްސަ އެވޯޑުވެސް މިރޭ ދީފައިވެއެވެ.
- އެންމެ އުންމީދީ އެތުލީޓް، އަންހެން - ފާތިމަތު ދީމާ އަލީ
- އުންމީދީ އެތުލީޓް، އަންހެން (ދެވަނަ) - އައިޝަތު ހިމްނާ ހަސަން
- އުންމީދީ އެތުލީޓް، އަންހެން (ތިންވަނަ) - އައިޝަތު ރަފާ ނާޒިމް
- އެންމެ އުންމީދީ އެތުލީޓް، ފިރިހެން - ނިބާލް އަހުމަދު
- އުންމީދީ އެތުލީޓް، އަންހެން (ދެވަނަ) - އިބާދުﷲ އާދަމް
- އުންމީދީ އެތުލީޓް، އަންހެން (ތިންވަނަ) - އަލީ އިމްއާން
- ސްޕެޝަލީ އޭބަލްޑް އެންމެ މޮޅު އަންހެން އެތުލީޓް - ހައްވާ އީޝަލް ރިޔާޒު
- ސްޕެޝަލީ އޭބަލްޑް އެންމެ މޮޅު ފިރިހެން އެތުލީޓް - މުހައްމަދު މާޒިން
- އެންމެ މޮޅު އަންހެން ބާސްކެޓް ކުޅުންތެރިޔާގެ އެވޯޑް - ފާތިމަތު ރިޝްމާ
- އެންމެ މޮޅު ފިރިހެން ބާސްކެޓް ބޯޅަ ކުޅުންތެރިޔާ - އަބްދުﷲ އަމްޒަރު މުހައްމަދު
- އެންމެ މޮޅު އަންހެން ފެތުންތެރިޔާ - އައިޝަތު ސައުސަން
- އެންމެ މޮޅު ފިރިހެން ފެތުންތެރިޔާ - އަލީ އިމްއާން
- އެންމެ މޮޅު އަންހެން ހޭންޑްބޯލް ކުޅުންތެރިޔާ - ނަޝްފާ އާމިރާ
- އެންމެ މޮޅު ފިރިހެން ހެންޑްބޯލް ކުޅުންތެރިޔާ - މުހައްމަދު ފިރުނާސް އަބްދުﷲ
- އެންމެ މޮޅު އަންހެން ބިލިއާޑް ކުޅުންތެރިޔާ - އާމިނަތު ފަތުހީ
- އެންމެ މޮޅު ފިރިހެން ބިލިއާޑް ކުޅުންތެރިޔާ - ހަސަން ޝާޒް މުހައްމަދު
- އެންމެ މޮޅު ސާފިން އެތުލީޓް - ހުސައިން އަރީފް
- އެންމެ މޮޅު އަންހެން ކެރަމް ކުޅުންތެރިޔާ - އާމިނަތު ވިދާދު
- އެންމެ މޮޅު ފިރިހެން ކެރަމް ކުޅުންތެރިޔާ - އިސްމާއީލް އަޒުމީން
- އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔާ - ނަބާ ނިޝާން
- އެންމެ މޮޅު ފިރިހެން ޓެނިސް ކުޅުންތެރިޔާ - އަބްދުﷲ ފާއިހް ފަޒީލް
- އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާ - ހައްވާ ރާޝިދާ
- އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާ - އާދަމް ނަސީމް
- އެންމެ މޮޅު އަންހެން ޓީޓީ ކުޅުންތެރިޔާ - ފާތިމަތު ދީމާ އަލީ
- އެންމެ މޮޅު ފިރިހެން ޓީޓީ ކުޅުންތެރިޔާ - މޫސާ މުންސިފް އަހްމަދު
- އެންމެ މޮޅު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ - ފާތިމަތު ނަބާހާ އަބްދުރައްޒާގު
- އެންމެ މޮޅު ފިރިހެން ބެޑްމިންޓަން ކުޅުންތެރިޔާ - ހުސައިން ޒަޔާން ޝަހީދު ޒަކީ
- އެންމެ މޮޅު އަންހެން ޗެސް ކުޅުންތެރިޔާ - ނިހާ މުހައްމަދު
- އެންމެ މޮޅު ފިރިހެން ޗެސް ކުޅުންތެރިޔާ - މުހައްމަދު ޝުއާއު
- އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ - އާދަމް ނާސިފް އުމަރު
- ބޮޑީބޯޑިން އެވޯޑް - އަލީ ހުޝްރުވާން އަހްމަދު (ކުޑަ އައްޔަ)
- ބޮޑީ ބިލްޑިން އެއްވަނަ އެތުލީޓް - މުހައްމަދު މޫސާ
- އެންމެ މޮޅު އަންހެން ޝޫޓަރު - އާސިފާ ޖައުފަރު
- އެންމެ މޮޅު ފިރިހެން ޝޫޓަރު - ޒިޔާން ޒިޔާއު
- އެތުލެޓިކްސްގެ އެންމެ މޮޅު އަންހެން އެތުލީޓް - އައިޝަތު ހިމްނާ ހަސަން
- އެތުލެޓިކްސްގެ އެންމެ މޮޅު ފިރިހެން އެތުލީޓް - ހަސަން ސާއިދު
- އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާ - ހަމްޒާ މުހައްމަދު (ހަމްޕު)
- އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާ - ފާތިމަތު ލީޒާ
ސްޕޯޓްސް މެޑިކް އެވޯޑު ހާސިލު ކުރީ ގައުމީ ފުޓްބޯޅަ ޓީމުގެ މެޑިކް ޑރ. އަބްދުﷲ ރާފިއުއެވެ. އެންމެ މެޅު ޓެކްނިކަލް އޮފިޝަލުންގެ އެވޯޑް ހާސިލު ކުރީ ހައްވާ އަބްދުލް މަޖީދު އަދި އަހްމަދު ޝީހާމް (ޕުޗް)އެވެ. އެންމެ މޮޅު އަންހެން ކޯޗުގެ އެވޯޑް ހާސިލު ކުރީ ނެޓްބޯޅަ ކޯޗު ނީޝާ ހަލީމެވެ. އެންމެ މޮޅު ފިރިހެން ކޯޗުގެ އެވޯޑު ހޯދީ، އެތުލެޓިކްސް ކޯޗު އަހްމަދު ފާއިލްއެވެ.
ރޭގެ ހަފުލާގައި އެންމެ މޮޅު ކުޅިވަރު އެސޯސިއޭޝަންގެ އެވޯޑު ހޯދީ ޓޭބަލް ޓެނިސް އެސޯސިއޭޝަނެވެ.
ސްޕޯޓްސް ރިކޮގޮނިޝަން އެވޯޑް، ބަންގުލަދޭޝް ސަރުކާރުގެ އިތުރުން ސްރީ ލަންކާއާއި ސައުދީ އަރަބިއްޔާ އަދި އިންޑިއާއަށްވެސް ދީފައިވާ އިރު، އެ އެވޯޑު ވަނީ ޗަމްޕާ ހުސައިން އަފީފް، ކްރައުން ކުންފުނީގެ ޗެއާމަން އަބްދުﷲ ނަޒީރަށްވެސް ދީފައެވެ.
ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ހާސިލުކުރެއްވި ބޭފުޅުންނަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ކުރީގެ ނައިބު ރައީސް އަދި ކުރީގެ ސްޕޯޓްސް މިނިސްޓަރު މުހައްމަދު ވަހީދުއްދީން، ކުރީގެ ސްޕޯޓްސް މިނިސްޓަރު މަރްހޫމް އުމަރު ޒާހިރު، ކުރީގެ ސްޕޯޓްސް މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ހުސައިން، އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޗެއާމަން މަރުހޫމް ޒާހިރު ނަސީރު، ކުޅިވަރުގެ ހިދުމަތްތެރިޔާ އިބްރާހިމް އިސްމާއީލް، އެތުލެޓިކްސް އެސޯސިއޭޝަންގެ ކުރީގެ ރައީސް މައިޒާން އަލި މަނިކު، ޓެނިސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ކުރިން ހިންގެވި ކެނެރީގޭ އަބްދުއްސައްތާރު، މަރްހޫމް ބާނީ ޔޫސުފްފުޅު، ކްރިކެޓަށް ހިދުމަތްތެރިޔާ ފާއިޒު ސޮމަދު، ކުރީގެ ފީފާ އެސިސްޓެންޓް ރެފްރީ މުހައްމަދު ސައީދު، ކްލަބް ވެލެންސިއާގެ އެއް ފައުންޑަރު އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކިޓް މެނޭޖަރު ހަސަން ނިޒާރު (ބޮޑޭ)ގެ އިތުރުން ޔޫތު ފުޓްބޯޅަ ކޯޗު ހަމްދުﷲ ފެނާންޑޯ، ފުޓްބޯޅައިގެ ހިދުމަތްތެރިޔާ މަރްހޫމް އަލީ ނަސީމް އަދި ކުޅިވަރުގެ ހިދުމަތްތެރިޔާ މަރްހޫމް މާދިހް އިސްމާއީލެވެ.
މިރޭގެ ހަފްލާއަކީ ރާއްޖޭގެ ކުޅިވަރު ހަޔާތުގައި ބޭއްވި އެންމެ ބޮޑު އިވެންޓެވެ. އިވެންޓުގައި ޓީޓީ ތަރި ޒޯރާން ޕްރިމޯރަކްއާއި ސްރީލަންކާގެ ކްރިކެޓް ލެޖެންޑު ސަނަތު ޖަޔަސޫރިޔާއާއި އިންޑިއާގެ ކްރިކެޓް ލެޖެންޑް ސުރޭޝް ރައިނާއާއި ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް، ނެދަލެންޑްސްގެ ކުރީގެ ފުޓްބޯޅަ ތަރި އެޑްގާ ޑާވިޑްސް އަދި ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯއެކު އިނގިރޭސިވިލާތަށް އުފަން، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ ވެސް ބައިވެރިވެފައިވެއެވެ. އޭގެ އިތުރުން ހަފުލާގައި ވޮލީ ލެޖެންޑް ގިލްބާޓޯ ގޮޑޯއި (ގީބާ)، ސެނެގާލް ގައުމީ ޓީމު އަދި ޕީއެސްޖީގެ ކުރީގެ ފުޓްބޯޅަ ތަރި ހަލީލޫ ފަޑީގާ އަދި މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމޭރޯ ވެސް ވަނީ ބައިވެރިވެފައެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް