އައްޑޫ ލިންކް ރޯޑުގައި ހުރި ރުއްތައް ކެނޑި މައްސަލައިގައި ހުއްދަ ދީފައިވާ ގޮތް ނޫން ގޮތަށް އަމަލުކޮށްފައިވާތީ، ޖަވާބުދާރީވާން އައްޑޫ ސިޓީ ކައުންސިލަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އަންގައިފިއެވެ.
ދާދި ފަހުން އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫގެ ލިންކް ރޯޑުގެ ދެ ލޭނުގެ ދެމެދުގައި ޖަހާފައި ހުރި ގިނަ ރުއްްތައް އެއްކޮށް ކަނޑާލައިފައެވެ. ރުއްތައް ކަނޑާލި މައްސަލައިގައި އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ ރުއްތައް ކަނޑާލާފައިވަނީ މަގު ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް "ވަން" އަށް މިރޭ ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލަށް އީޕީއޭއިން އަންގާފައިވަނީ ރުއްތައް ކެނޑުމުގެ ކަންކަން ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
"އަޅުގަނޑުމެން އެންގި ގޮތަށް ނޫން ގޮތަށް ކަންތައްކޮށްފައިވާ ކަމުގެ ޝަކުވާތައް ލިބިފައި ވަނީ. ކައުންސިލަށް އަޅުގަނޑުމެން ވާނެ ހުއްދަ ދީފައި ރުއްތަކެއް ނަގަން. އަދި ނަގާ ރުއްތަކުގެ ތެރެއިން އެހެން ތަންތާނގައި އިންދޭ ރުއްތައް އިންދަންވެސް އަންގާފައިވާނެ،" ނައީމް ވިދާޅުވިއެވެ.
ނައީމް ވިދާޅުވީ، ރުއްތައް ކެނޑި މައްސަލައިގައި އައްޑޫ ސިޓީ ކައުންސިލުން އަމަލުކޮށްފައިވާ ގޮތް ބެލުމުގެ ގޮތުން އެކަން ކުރި ގޮތުގެ ރިޕޯޓެއް ހުށަހަޅައި ޖަވާބުދާރީވާން އަންގާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު