މާލޭ ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކް ސަރަހައްދުގެ ބޮޑުތަކުރުފާނުމަގު މިމަހުގެ 17 ވަނަ ދުވަހު ބަންދުކުރަން ނިންމައިފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން އިއްޔެެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި މި އަހަރު ފެށި ކުޅިވަރު އެވޯޑް ދިނުމުގެ ރަސްމިއްޔާތު މިއަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާތީ މާލޭ ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކް ސަރަހައްދުގެ ބޮޑުތަކުރުފާނުމަގު ބަންދުވާނެ ކަމަށެވެ.

އެގޮތުން ބުރާސްފަތި ދުވަހުގެ ރޭގަނޑު 20:00 އިން ފެށިގެން 20:45 އާ ދެމެދު އެ ސަރަހައްދު ބަންދުކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެހެން ކަމުން އެސަރަހައްދުގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހުންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އެ މިނިސްޓްރީން ވަނީ އަންގާފަ އެވެ.