ހިޔާގެ ހުރިހާ ޓަަވަރެއްގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސާވޭއެއް ފަށައިފިއެވެ.
އެޗްޑީސީން އެ ސާވޭ ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ސާވޭ މިމަހުގެ 30ގެ ނިޔަލަށް ކުރިއަށްގެންދާނެއެވެ.
އެޗްޑީސީން މިއަދު ބުނީ، ސާވޭ ކުރިއަށްގެންދާނީ ހެނދުނު 10:00 އިން ރޭގަނޑު 8:00 އަށް ކަމަށެވެ.
އެ ސާވޭއަކީ، އެޗްޑީސީން ދެމުންގެންދާ "ޖީޕޮން ނެޓްވޯކް" ހިދުމަތާ ގުޅޭގޮތުން ހިޔާލު ހޯދުމާއި، ފްލެޓުތަކުގެ ފިނިޝިން މަސައްކަތްތައް ކުރިއަށްގެންގޮސްފައިވާ މިންވަރު އޮޅުން ފިލުވުމަށާއި، ހިޔާ ފްލެޓުތަކުގެ އާންމު ތަންތަން ފޮޅާ ސާފުކުރުމާއި، ސެކިއުރިޓީ ބެލެހެއްޓުމުގެ ހިދުމަތާ ގުޅޭގޮތުން ހިޔާލު ހޯދުމުގެ އިތުރުން ހިޔާ ޓަވަރުތަކުގެ އާންމު ތަންތަނާއި ހިދުމަަތްތަކާއި އަދި އިމާރާތް މެނޭޖުކުރުމުގެ އެންމެހާ ކަންކަން، ހިޔާ ފްލެޓުތަކުގެ ވެރިން އިންތިހާބުކުރާ ވަކި ބޯޑެއްގެ ބެލުމުގެ ދަށުން ކުރިއަށްގެންދިއުމަށްޓަކައި އެކުލަވާލަންޖެހޭ ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމާ ގުޅޭގޮތުން ހިޔާލު ހޯދުމަށް ކުރިއަށްގެންދާ ސާވޭއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު