ދިރާގުގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) މި މަހުގެ 24 ގައި ބާއްވަން އެ ކުންފުނިން ނިންމައިފި އެވެ.
ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ 33 ވަނަ އޭޖީއެމް 24 މާޗް ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:15 ގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދިރާގުގެ ހިއްސާ ދާރުން ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މިޖަލްސާގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެއެވެ.
މި ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ ކްރޮސްރޯޑް މޯލްޑިވްސްގެ ޖަލްސާކުރާ މާލަމުގައެވެ. ނަމަވެސް މި ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ "ހައިބްރިޑް" ކޮށް ކަމަށް ވާތީ ސްޓޮކް އެކްސްޗޭންޖުގެ "ފަހިވޯޓް" މެދުވެރިކޮށް ނުވަތަ ޖަލްސާއަށް ހާޒިރުވެގެން ވެސް ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން އިތުރަށް ބުނީ ކޮވިޑުގެ ހާލަތާއި ގުޅިގެން ގައިދުރުކަން ދެމެހެއްޓުމަށްޓަކައި، ޖަލްސާކުރާ މާލަމަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ އަދަދު ވަނީ ލިމިޓްކޮށްފައިވާ ކަމަށާއި ޖަލްސާކުރާ މާލަމަށް ވަޑައިގެން ބައިވެރިވެވަޑައިގަންނަވަން ބޭނުންވާ ހިއްސާދާރުން ވެކްސިން ކާޑް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ޖަލްސާކުރާ މާލަމަށް ވަޑައިގެން ބައިވެރިވެވަޑައިގަންނަވަން ޝައުގެވެރިވެވަޑައިގަންނަވާ ހިއްސާދާރުންގެ ތެރެއިން، ޖަލްސާގައި ބައިވެރިވެވަޑައިގެންވޭނީ އެ މާލާމަށް ހާޒިރުވެގެން ކަން ނުވަތަ އޮންލައިންކޮށް ކަން، އެފަރާތްތަކަށް 22 މާޗް ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން އަންގާނެ ކަމަށް ދިރާގުން ބުނެފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު