މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުުހުން މިރޭ ބުނީ ކުރިކީލި މަގާއި ޗާންދަނީ މަގު ގުޅުނު ހިސާބުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމުގެ މައުލޫމާތު މިރޭ 7:00 ޖަހާއިރު ލިބިފައިވާ ކަމަށެވެ.

އެ ހަމަލާގައި ޒަހަމްވެފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށާއި އޭނާއަށް އައިޖީއެމްއެޗުން ފަރުވާ ދެމުންދާ ކަމަށްވެސް ބުންޏެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިރޭ "ވަން" އަށް ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާ ދީގެން އަނިޔާ ލިބުނު ބިދޭސީ މީހާއަށް އެ ހޮސްޕިޓަލުގެ އިމަޖެންސީގައި ފަރުވާދެމުންދާ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ނުދެއްވައެވެ.

މި މައްސަލައިގައި ފުލުހުން ވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އަދި މައްސަލަ ތަހުގީހު ކުރަމުންދާ ކަމަށް ބުންޏެވެ.