މާލޭގައިވެސް މިހާތަނަށް ގާއިމުކޮށްފައިނުވާ ވަރުގެ ފެންވަރު ރަނގަޅު ޕާކެއް ވިލިމާލޭގައި ގާއިމުކުރަން ނިންމާފައިވާ ކަމަށް މާލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ ރޭ ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ ވިލިމާލޭގައި ފެންވަރު ރަނގަޅު، ހުރިހާ އުމުރުފުރާއަކަށް ހާއްސަކޮށް ޕާކެއް ގާއިމުކުރަން ޝައުގުވެރިވާ އިންވެސްޓަރުން ހޯދަން މިހާރު އިއުލާނުކޮށްފައިވާނެ ކަމަށެވެ. އަދި "އެޑްވެންޗަރަސް" ކޮންސެޕްޓަކަށް ގާއިމުކުރާ އެ ޕާކަކީ ވިލިމާލެ ގަސްތަކުތެރޭ ގާއިމްކުރާ ޕާކެއް ކަމަށާއި މާލޭގައިވެސް ގާއިމުކޮށްފައި ނުވާ ފެންވަރުގެ ޕާކަކަށް އެޕާކު ވާނެ ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ގަސްތަކުގެ ތެރޭގައި ޕާކު ހަދަން ނިންމި ނަމަވެސް އެއްވެސް ގަހެއް ނުކަނޑާނެ ކަމަށާއި ޕާކު ހަދާނީ ގަސްތައް ބޭނުން ކުރެވޭ ގޮތަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު