އެޕަލް ކުންފުނީގެ އާ އުފެއްދުންތައް ލޯންޗުކޮށްފިއެވެ.

އިއްޔެ ލޯންޗުކުރި އެޕަލްގެ އާ އުފެއްދުންތަކަކީ އައިފޯން 13 މިނީ އާއި އައިޕެޑް އެއާ އަދި މެކް ޑެސްކްޓޮޕް ކޮމްޕިއުޓާއެވެ.

އައިފޯންގެ ބަޖެޓް ސީރީޒް "އެސްއީ" ގެ އާ ފޯނުގައި 5ޖީ އަދި އެންމެފަހުގެ A15 ބައޯނިކް ޗިޕު ހުންނާނެއެވެ. އޭގެ ސަބަބުން ޕްރޮސެސިން ސްޕީޑް އަވަސް ވާނެއެވެ. ޓަޗް އައިޑީގެ އިތުރުން 12 މެގަޕިކްސަލްގެ ކެމެރާ އެއް ވެސް ހުންނާނެއެވެ. އައިފޯން އޮޕަރޭޓިން ސިސްޓަމް (އައިއޯސް)ގެ 15 ވާޝަން އެ ފޯނުގައި ހިމަނާފައިވާއިރު އެ ފޯނުގެ ބެޓެރި ގިނައިރު ވަންދެން ހިފަހައްޓާނެ ކަމަށް އެޕަލްއިން ބުންޏެވެ.

މާޗް 18 ގައި ނެރޭ މި ފޯނު ވިއްކާނީ 429 ޑޮލަރަށެވެ. މީގެ އިތުރުން އައިފޯން 13 އާއި 13 ޕްރޯ އަދި ޕްރޯ މެކްސްގެ ފެހިކުލަވެސް ވަނީ ދައްކާލައިފައެވެ.

އަލަށް ލޯންޗްކުރި މެކް ޑެސްކްޓޮޕް ކޮމްޕިއުޓަރުގައި މިހާތަނަށް އެޕަލްއިން އުފެއްދި އެންމެ މޮޅު އެޕަލް ޕްރޮސެސާ ކަމަށްވާ އެމް1 އަލްޓްރާ ޗިޕް އެ ހިމަނާފައިވެއެވެ. އެ ޗިޕްގެ ސަބަބުން ގްރެޕިކްސްގެ މަސައްކަތްކުރާ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އެޕަލްއިން ބުންޏެވެ.

އަލަށް ނެރުނު މެކް ޑެސްކްޓޮޕް ކޮމްޕިއުޓަރުގެ މޮނިޓާގައި 27 އިންޗި ހުންނާނެއެވެ. އެ ކޮމްޕިއުޓަރު ވިއްކުމަށް ހަމަޖެހިފައިވަނީ މީގެ ކުރިން ނެރުނު ކޮމްޕިއުޓަރަށްވުރެ އަގުހެޔޮ ކޮށެވެ. އެއީ 1،599 ޑޮލަރަށެވެ.

އިއްޔެ ލޯންޗުކުރީ އެޕަލް އައިޕެޑް އެއާގައި ވެސް އެމް1 އަލްޓްރާ ޗިޕް ހިމަނާފައިވެއެވެ. އެހެންކަމުން މި އައިއެޕެޑް ކުރީގެ އެއާޕެޑްތަކަށް ވުރެ ރަނގަޅަށް ފަންކްޝަންކުރާނެ ކަމަށް އެޕަލްއިން ބުންޏެވެ.

މިފަހަރު ނެރުނު އައިޕެޑްގެ ކުރިމަތި ކެމެރާ ވަރަށް ބޮޑަށް ވަނީ އެޑްވާންސްކޮށްފައެވެ. އެޕަލްއިން ބުނީ، އައިޕެޑްގެ ކުރިމަތި ކެމެރާއިން މިހާރު ވީޑިއޯ ކޯލްތައް ކޮންމެ ތާކު ހުއްޓަސް ކުރެވޭނެ ގޮތަށް ކެމެރާ އެޑްޖަސްޓް ކުރެވޭނެ ކަމަށެވެ. އެހެން އައިޕެޑް ގޮތަށް ފަހުން ނެރުނު އައިޕެޑްގައި ވެސް ހުންނަނީ ސީ ފޯޓު ޗާޖިން ކޮޅެކެވެ. ނަމަވެސް ފަހުން ނެރުނު އައިޕެޑްގެ ޓްރާންސްފަރިން ސްޕީޑް އެހެން އައިޕެޑުތަކަށްވުރެ ދެ ގުނަ އަވަސްވާނެ ކަމަށް އެޕަލްއިން ބުންޏެވެ.

މީގެ އިތުރުން އައިޕެޑަށް ފައިވްޖީގެ ހިދުމަތް ލިބޭނެއެވެ. އަދި ބެޓެރި ޕަވާ އެއް ދުވަސް ވަންދެން ހުންނައިރު އެހެން އައިޕެޑްތަކުގެ ގްރެފިކްސްއަށް ވުރެ ދެ ގުނަ ރަނގަޅުވާނެ ކަމަށް އެކުންފުނިން ބުންޏެވެ.

އައިޕެޑްގެ ކެމެރާއިން ފޯރްކޭ ކޮލިޓީގައި ވީޑިއޯ ވެސް ކުރެވޭނެއެވެ. އަދި ހައި ގްރެފިކްސް ގޭމްސްތައް އައިޕެޑުން ކުޅެވެން ހުންނައިރު ތްރީޑީ ރިއަލިސްޓިކް އާއި އާގިއުމެންޓެޑް ރިއަލިޓީ (އޭއާރް) ޓެކްނޮލޮޖީ އައިޕެޑުގައި ވަނީ ހިމަނައިފައެވެ.

އައިޕެޑްގެ އެހެން ފީޗާސްތަކަށް ބަލާއިރު ކުރިމަތީ ކެމެރާގައި 12 މެގްޕިކްސެލް ހުންނާނެއެވެ. އަދި ފަހަތު ކެމެރާގައި 14 މެގަޕިކްސެލް ހުންނާނެއެވެ. އައިޕެޑްގެ އަގަކީ 599 ޑޮލަރަށެވެ.

މީގެ އިތުރުން ރޭ އެޕަލްއިން ވަނީ M1 އަލްޓްރާ ޗިޕާއެކު މެކް ސްޓޫޑިއޯ ނެރެފައެވެ. މި ޗިޕަކީ މިހާރު ބޭނުންކުރާ M1 މެކްސް ޗިޕަށްވުރެ އަށް ގުނަ ސްޕީޑް ހަލުވި ޗިޕެކެވެ. M1 އަލްޓްރާ ޗިޕާއެކު މެކް ސްޓޫޑިއޯގެ އަގަކީ 3،999 ޑޮލަރެވެ.