ހިޔާގެ ފްލެޓުތަކަށް ފެން ދޫކުރަން ބޭނުންކުރާ ފެން ޕަމްޕެއް މައްސަލަ ޖެހި ހިޔާގެ ބައެއް ޓަވަރުތަކުން ފެން ކެނޑިއްޖެއެވެ.
އެނގިފައިވާ ގޮތުގައި ރޭ 12:00 އިން ފެށިގެން ބައެއް ފުލެޓުތަކަށް ފެނުގެ ހިދުމަތް ވަނީ ކެނޑިފައެވެ. އެކަމާ ގުޅިގެން އެޗްޑީސީގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ހިޔާގެ ނުވަ ވަނަ ޓަވަރުން ފެށިގެން 16 ވަނަ ޓަވަރާ ހަމައަށް ފެން ކެނޑިފައިވާ ކަމަށެވެ.
ފެނުގެ ހިދުމަތް ކެނޑިފައިވަނީ ޕަމްޕު އޯވާހީޓުވެގެން ކަމަށާއި ނަމަވެސް މިހާރު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ވަގުތު ފެނުގެ ހިދުމަތް ކެނޑިފައިވާ ޓަވަރުތަކުގެ 18 ބުރިން ފެށިގެން މަތީ ބުރިތަކަށް ފެން ލިބުމުގައި ދަތިތަކެއް ހުރެދާނެ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.
ގްރޭސް ޕީރިއަޑުގެ ތެރޭގައި ފެން ޕަމްޕިން ސްޓޭޝަން ހުންނަނީ އެޗްޑީސީގެ ބެލުމުގެ ދަށުގައެވެ. އެހެންކަމުން އެ މުއްދަތުގައި ދިމާވާ މައްސަލަތައް ހައްލުކުރަން ޖެހޭނީ އެ ކުންފުނިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު