ކުއްލިއަކަށް ދިމާވާ ހާދިސާތަކާއި ގުޅިގެން ދިމާވާ ނަފުސާނީ ކަންކަމާ ގުޅިގެން ހާއްސަ ޗުއްޓީއެއް ދޭން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.
މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް އެ ޗުއްޓީ ދޭން ނިންމިކަން އިއުލާންކޮށްފައިވަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރޭ ކްރޮސްރޯޑުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
"ޓްރޯމާ ޕޮލިސީ"ގެ ނަމުގައި ތައާރަފްކުރި އާ ޕޮލިސީގެ ދަށުން ދަރިފުޅު ބައިގެން ދިއުމުންނާއި މުވައްޒަފެއްގެ މަންމަ ނުވަތަ އާއިލާގެ މީހަކު ނިޔާވުމުންނާއި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ސަރުކާރުގެ ވަގުތީ ހިޔާތަކަށް ބަދަލުވުން ފަދަ ކަންކަން ދިމާވެއްޖެ ނަމަ ޗުއްޓީ ލިބޭނެއެވެ. ނަމަވެސް އެ ޗުއްޓީ ލިބޭނީ ޑޮކްޓަރެއްގެ ލިޔުން ހުށަހެޅުމުންނެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ޑެޕިއުޓި ސީއީއޯ އިބްރާހިމް އަބްދުﷲ ވިދާޅުވީ އެކުންފުނިން އަންހެނުންނަށް ތަފާތު ކުރުމެއްނެތި ހާއްސަ ފުރުސަތުތަކެއް ދެމުންދާކަން އެ ޕޮލިސީން އެކަނިވެސް ހާމަވެގެންދާ ކަމަށެވެ. އަދި އެމްޕީއެލްގެ ވިމެން އެޕްރެންޓިސްޝިޕް ޕްރޮގުރާމް އިފުތިތާހުކޮށް ވަރަށް އަވަހަށް އެ ޕްރޮގްރާމް ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިއީ ކުންފުނިން ދެކެމުން އަންނަ ހުވަފެނެއް. އިރާދަކުރެއްވިއްޔާ ހައެއްކަ މަސް ދުވަސް ތެރޭ މި ކުންފުނިން އެ ހުވަފެން ހަގީގަތަކަށް ހަދައި އަންހެނުންނަށް އެކި ދާއިރާތަކުގައި މަސައްކަތް ކުރުމަށް ތަމްރީނު ކުރާނަން. އަޅުގަނޑުމެން ކުންފުނިން އަންހެނުންނަށް ފުރުސަތު ދޭނަން. ފުރުސަތު ލިބޭނެ،" އޭނާ ވިދާޅުވިއެވެ.
ރޭގެ ހަފުލާގައި އެމްޕީއެލްގައި 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ 12 އަންހެން މުވައްޒަކަށް ހާއްސަ އެވޯޑެއް ދީފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު