އެމްޑަބްލިއުއެސްސީގެ ސަބްސިޑަރީ ކުންފުނި، އައިލެންޑް ބެވްރޭޖަސް އިން އުފައްދާ "ތާޒާ" ބްރޭންޑުގެ ފެން ބާޒާރަށް ނެރެނީ ހަދަން ޖެހޭ ހުރިހާ ތަހުލީލުތަކެއް ހަދައި، ކޮލިޓީ މިންގަނޑުތަކަށް ފެތޭކަން ކަށަވަރުކުރުމަށްފަހު ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ތާޒާ ފެނުގެ ޝިޕްމަންޓަކުން ބެކްޓީރިއާއެއް ފެނި ގިނަ އަދަދެއްގެ ފެން ކޭސް ނައްތާލަން އެމްޑަބްލިޔުއެސްސީން ނިންމާފައިވާ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އިއްޔެ ވަނީ ވާހަކަތަކެއް ދައުރުވެފައެވެ.
އެ ވާހަކަތަކާ ގުޅިގެން އެމްޑަބްލިޔުއެސްސީން ބުނީ ތާޒާ ފެން ބާޒާރަށް ނެރެނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއައި) އަދި ބައިނަލްއަގުވާމީ ގޮތުން ކަނޑައަޅާފައިވާ ކޮލިޓީ މިންގަނޑުތަކަށް ފެތޭކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށެވެ.
އަދި ފެނުގެ ކޮލިޓީ ޔަގީންކުރުމުގެ ގޮތުން ފުޅީގައި ފެން ބަންދުކުރުމުގެ މަރުހަލާތަކުގައި ގަޑިއަކު އެއް ފަހަރު ހަދަންޖެހޭ ހުރިހާ ޓެސްޓެއް ހެދުމަށްފަހު ކަމަށާއި ފެން އުފެއްދުމަށް އިތުރު ތަހުލީލުތައް ކުރުމަށް، މާކެޓަށް ނެރެނީ ފެން އުފައްދާތާ އިތުރު 24 ގަޑިއިރު ބެހެއްޓުމަށް ފަހުގައި ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އެހެންކަމުން ފެނުގައި ހުންނަންޖެހޭ ކޮލިޓީ މިންގަނޑުތަކަށް ނުފެތޭ އެއްވެސް ބެޗެއްގެ ފެން ބާޒާރަށް ނެރެފައި ނުވާނެކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.
އެމްޑަބްލިއުއެސްސީން އިތުރަށް ބުނެފައިވަނީ ތާޒާ ފެން އުފައްދާ ކާރުޚާނާއަކީވެސް އައިއެސްއޯ 9001:2015 ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް އަދި ފުޑް އެންޑް ސޭފްޓީ ސްޓެންޑަޑް (ހެސަޕް) 22000:2008 ސެޓިފައިޑް ކާރުޚާނާއެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު