ރަޝިއާއިން ޔޫކްރެއިނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް އެކައުންޓިން ފާމް، ކޭޕީއެމްޖީގެ ރަޝިއާ ނެޓްވޯކް އުވާލައި ވިޔަފާރީގެ މުއާމަލާތްތައް ހުއްޓާލަން ނިންމައިފިއެވެ.
ކޭޕީއެމްޖީން ބުނީ، އެ ފިޔަވަޅުގެ ސަބަބުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ކޭޕީއެމްޖީއަށް ނިސްބަތްވާ 4500 ޕާޓްނަރުންނާއި މުވައްޒަފުންނަށް އޭގެ އަސަރު ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ފާއިތުވި 30 އަހަރުގެ ތެރޭގައި ރަޝިއާގައި ހިންގަމުން އަންނަ ކޭޕީއެމްޖީ ނެޓްވޯކްއާ ހިއްސާވާ 3700 ޕާޓްނަރުންނާއި މުވައްޒަފުން ހިމެނޭ ކަމަށްވެސް އެ ފާމުން ބުންޏެވެ.
ކޭޕީއެމްޖީއާއި އެއް ހަމައެއްގައި ފާހަގަކޮށްލެވޭ އެކައުންޓިން ފާމް ޕީޑަބްލިއުސީންވެސް ވަނީ ރަޝިއާއިން ޔޫކްރެއިނަށް ދެމުންގެންދާ ހަމަލާތައް ބަލައިގަނެވެން ނެތްކަން ހާމަކޮށް ރަޝިއާއާ އެކު ކުރަމުން އައިސްފައިވާ މުއާމަލާތްތައް ހުއްޓާލަން ނިންމައިފައެވެ.
އިނގިރޭސިވިލާތާއި އެމެރިކާ އަދި ހުޅަނގުގެ އިއްތިހާދުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމުމާ ގުޅިގެން ބައިނަލްއަގުވާމީ ގިނަ ކުންފުނިތަކަކުން އަންނަނީ ރަޝިއާއާ އެކު ކުރަމުން އަންނަ ވިޔަފާރީގެ މުއާމަލާތްތައް ހުއްޓާލަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ