ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. އެގޮތުން މިހާރު ކުރެވެމުންދާ މަސައްކަތްތަކަކީ ހިއްކާފައިވާ ސަރަހައްދުގެ ބިން އެއްވަރު ކުރުމާއި ކޮންނަންޖެހޭ ސަރައްހައްދުތައް ކޮނުމުގެ މަސައްކަތް ކަމަށެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަގަކީ 18.2 މިލިޔަން ރުފިޔާއެވެ.
މިމަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ރިވެޓްމަންޓް ޖެހުމާއި އަދި ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. މަޝްރޫއު ނިންމުމަށް ހަވާލުކޮށްފައިވަނީ 280 ދުވަހުގެ ތެރޭގައެވެ.