ހ.ހިކިފިނިފެންމާގެ އުމަރު އަބްދުއްރައްޒާގަކީ ބެލްޖިއަމަށާއި ވިލާތުގެ އިއްތިހާދަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އައްޔަންކުރަން އެކަށީގެންވާ ބޭފުޅެއް ކަމަށާއި، ގ.ފިޔާތޮށިގެ ހަސަން ސާބިރަކީ ޖަޕާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އައްޔަންކުރެއްވުމަށް އެކަށީގެންވާ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
އެ ކޮމިޓީން މިގޮތަށް ފާސްކުރީ، އެ މަގާމުތަކަށް އެ ބޭފުޅުން އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި މައްސަަލަ ކޮމިޓީން ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓުގައެވެ.
އެ ދެބޭފުޅުންގެ ތެރެއިން އުމަރު އަބްދުއްރައްޒާގު މިހާތަނަށް ހުންނެވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުކަމުގެ މަގާމުގައެވެ. ހަސަން ސާބިރު މިހާތަނަށް ހުންނެވީ ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނެވި ސަފީރުކަމުގެ މަގާމުގައެވެ.
އުމަރު އަބްދުއްރައްޒާގަކީ އޮސްޓްރޭލިއާގެ އެޑިތު ކޮވިން ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. ހަސަން ސާބިރަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު ވޭލްސް އިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު