އައްޑޫ ސިޓީ ލިންކު ރޯޑުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް މޫދަށް ވެއްޓިއްޖެއެވެ،
ހިތަދޫ ކައުންސިލް މެމްބަރު އިބްރާހީމް ޝިނާޒް މިރޭ "ވަން" ވިދާޅުވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު މޫދަށް ވެއްޓިފައިވަނީ ހިތަދޫ ހިރާ ސްކޫލްއާ ދިމާލުން ކަމަށެވެ. ކާރު މޫދަށް ވެއްޓުނުއިރު އޭގައި ފަސް މީހުން ތިއްބެވެ. އަދި އޭގެ ތެރެއިން އެކަކު ކާރު ތެރޭގައި ތާށިވި ކަމަށާއި އެމީހާ ސަލާމަތް ކޮށްފައިވަނީ ކާރުގެ ދޮރު ހަލާކުކޮށްލައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝިނާޒް ވިދާޅުވީ، ކާރުގައި ތިބި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
ކާރުގައި ތިބި މީހުންނަށް ފަރުވާ ދިނުމަށް އައްޑޫ އިކުއޮޓޭރިއަލް ހޮސްޕިޓަލަށް ގެންދިޔައިރު އެތަނުގައި ހުރި މީހަކު "ވަން" އަށް ބުނީ، ކާރުގައި ތާށިވި މީހާގެ މެއަށް ތަދުވުން ފިޔަވައި އިތުރު އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
އެ އެކްސިޑެންޓުގެ މައުލޫމާތު ހޯދަން ފުލުހުންގެ މީޑިއާ އޮފިޝަލަށް އެތައް ފަހަރު ގުޅުމުންވެސް ފޯނަށް ޖަވާބުދީފައެއްނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު