ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސްކޮމިޝަން (ޖޭއެސްސީ)ން ބަލަން ފަށައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ، މެޖިސްޓްރޭޓް ރަފީއުއްދީންގެ ސުޅޫކީ މައްސަލައެއް ނިންމީ، މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގަ އާއި އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ބެލެވޭތީ ކަމަށެވެ.

އެހެންކަމުން އޭނާގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރުމަށް އެ ކޮމިޝަންގެ "މައްސަލަ ބެލުމާމެދު ގޮތް ނިންމާ ކޮމެޓީ"ން ނިންމާފައި ވާތީ، އިއްޔެ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި، އެ މައްސަލަ ތަހުގީގުކުރުމަށް، ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.