ދިރާގު ޓީވީ ހިލޭ ގުޅާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.
ދިރާގުން ބުނީ، އެކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް އަންނަ މަހުގެ ނިޔަލަށް ދިރާގު ޓީވީގެ ހިދުމަތަށް އެދިގެން ހިލޭ ދިރާގު ޓީވީ ގުޅައިދިނުމުގެ އިތުރުން ޑީކޯޑަރުވެސް ހިލޭ ލިބިގެންދާނެ ކަމަށެވެ.
މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ބޭސިކް އަދި ގޯލްޑް ޕެކޭޖް ނަގާ ކަސްޓަމަރުންނަށް އެއް މަސްދުވަހަށް ތަފާތު ގިނަ ޗެނަލްތައް މުޅިން ހިލޭ ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.
ސަތޭކައަށްވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ އެންޓަޓެއިންމަންޓް އަދި ކުޅިވަރު ޗެނަލްތައް، ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކާއި ސްޓާގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ގުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.
ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 82 ޕަސަންޓް ގޭބިސީއަށް ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު