އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރަކު އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ އާސަންދަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮން-އެކްޒެކެޓިވް މެމްބަރުކަމުގެ މަގާމަށް ރ. އަލިފުށި/ ގުލްޒާރުގެ، އަބްދުالله ރަޝީދު މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ އާސަންދަ ކުންފުނީގެ ބޯޑުގައި މިއަދު އައްޔަންކުރި އަބްދުالله ރަޝީދާއެކު މިވަގުތު ތިއްބަވާނީ ހަ މެމްބަރުންނެވެ. އެއް މެމްބަރުގެ ޖާގަ އަދިވެސް އޮތީ ހުސްކޮށެވެ.

އާސަންދަ ކުންފުނީގެ ބޯޑުގައި މިވަގުތު ތިއްބަވާ މެންބަރުން:

  • ނިޔާޒު މުހައްމަދު - ޗެއާމަން
  • މަރިޔަމް ޝަފީގު - މެނޭޖިން ޑިރެކްޓަރު
  • އިބްރާހިމް ރަޝީދު - ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު
  • މުހައްމަދު އާމިރު - ނޮން-އެގްޒެކެޓިވް ޑިރެކްޓަރު
  • އާމިލާ ލަތީފު - ނޮން-އެގްޒެކެޓިވް ޑިރެކްޓަރު
  • އަބްދުالله ރަޝީދު - ނޮން-އެގްޒެކެޓިވް ޑިރެކްޓަރު