ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދަށުން މަގުތަކުގެ ދުވާރު ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކަމަށެވެ. އަދި އެރަށު މަގުތަކުގެ ދުވާރު ހެދުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށްވެސް ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 27،179 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި 10،392 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުން ހިމެނެއެވެ. މީގެ އިތުރުންވެސް ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މި މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން 53.9 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.