މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިންތާ މިހާރު މަހަކަށްވުރެ ގިނަދުވަސްވެފައިވާއިރު މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
މުއިއްޒަށް މަރުގެ އިންޒާރު ދީފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު، މުއިއްޒުގެ އަމިއްލަ ފޭސްބުކް ޕޭޖަށް ފޮނުވި މެސެޖަކުންނެވެ. މިލްހާނާ އިބްރާހިމްގެ ނަމުގައި ފޮނުވި މެސެޖުގައި މުއިއްޒަށް އަމާޒުކޮށް ވަނީ "ކަލޭ މަރާލާނަން" މިހެން ލިޔެފައެވެ.
އެ މައްސަލަ ސިޓީ ކައުންސިލްގެ ފަރާތުންނާއި މުއިއްޒުގެ ފަރާތުންވެސް ފުލުހަށް ވަނީ ހުށަހަޅައިފައެވެ.
މުއިއްޒަށް މަރުގެ އިންޒާރު ދިންތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ. ނަމަވެސް މި މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު