އެސްޓީއޯއިން ހިންގާ އަހަރުގެ ބޮޑު ސޭލް "އެސްޓީއޯ ރަމަޒާން ބަޒާރު 2022" ގެ ތެރެއިން ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަ ކޮށް "އެސްޓީއޯ ހޯލްސޭލް ޕްރޮމޯޝަން" ފަށައިފިއެވެ.
"އެސްޓީއޯ ހޯލްސޭލް ޕްރޮމޯޝަން" ތައާރަފުކޮށްފައިވަނީ، އެސްޓީއޯ ހޯލްސޭލް ސެންޓަރުގައެވެ. މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު ރަޝާދެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ އޭޕްރީލް މަހުގެ ނިޔަލަށް އެސްޓީއޯ ހޯލްސޭލް ސެންޓަރުގައެވެ.
އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަންގެ ތެރެއިން ނަސީބުވެރި ތިންފަރާތެއް ހޮވާނެ ކަމަށާއި އެއިން ކޮންމެ ނަސީބުވެރިޔަކަށް އިނާމެއްގެ ގޮތުގައި ރަށު ޕިކަޕެއް ލިބޭނެ ކަމަށެވެ. ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފުތާއަކު ތިން ނަސީބުވެރިން ހޮވައި އެއިން ކޮންމެ ފަރާތަކަށް 1،500 ރުފިޔާގެ ގިފްޓް ވައުޗާއެއް ލިބޭނެ ކަމަށްވެސް އެސްޓީއޯ އިން ބުނެއެވެ.
މީގެ އިތުރުންވެސް މި ޕްރޮމޯޝަން ގައި ކަސްޓަމަރުންނަށް އިތުރު ބަންޑަލް އޮފާތަކެއްވެސް ލިބިގެން ދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އޭގެތެރޭގައި ބައްލަވައިގަންނަވާ 400ގްރާމް ކްރޫގާ ޕާސްތާ ނުސާ ޗޮކްލެޓް ސްޕްރެޑް ގެ ކޮންމެ ދެ ކާޓަން އަކަށް އިތުރު 400ގްރާމް ކްރޫގަރ ޕާސްތާ ނުސާ ޑާކް ޗޮކްލެޓް ސްޕްރެޑް ކާޓަންއެއް ހިލޭ ލިބޭނެއެވެ. އަދި ކްރޫގާ ޕާސްތާ ނުސާ ޑުއޯ ސްޕްރެޑް 400ގްރާމް ކާޓަންއެއް ބައްލަވައިގަތުމުން ކުރޫގާ ކޮކޯ ޕައުޑާ 250ގްރާމް ގެ ކާޓަން އެއް ހިލޭ ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ