މާލެސިޓީ ކައުންސިލުން އެކުލަވާލާ ޕްލޭނާ އެއްގޮތަށް ވިލިމާލޭގައި ކޮމާޝަލް ބިލްޑިންގަކާއި މިކްސްޑް މާރުކޭޓެއް އިމާރާތްކޮށްދިނުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން އިއްޔެ ވަކި ވަކިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިންގުމަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓުތަކުގެ ތެރެއިން ވިލިމާލޭގައި "ވިލިމާލެ ކޮމާޝަލް ބިލްޑިންގް" އަކާއި "މިކްސްޑް މާރުކޭޓު" އެއް ހެދުމަށް އެ ކައުންސިލުން އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތައް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.
މި ކޮމާޝަލް ބިލްޑިންގު ހަދަން ޖެހޭނީ ކުޑަވެގެން 5000 އަކަފޫޓުގެ ބިމެއްގައި ކަމަށް އެ ކައުންސިލުން ބުންޏެވެ. އަދި މިކްސްޑް މާރުކޭޓު ހަދަން ޖެހޭނީ ކުޑަވެގެން 10،000 އަކަފޫޓުގެ ބިމެއްގައި ކަމަށްވެސް ބުންޏެވެ.
ކޮމާޝަލް ބިލްޑިންގު ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ބޭނުންވާ ޑިޒައިނާއި ކޮންސެޕްޓު ހުށަހަޅަންވާނެ އެވެ. އަދި މިކްސްޑް މާރުކޭޓު ހަދަން ޝައުގުވެރިވާ ފަރާތްތަކުން މަހުގެ ބާވަތްތަކާއި ތަރުކާރީ އަދި މޭވާގެ ބާވަތްތައް ވިއްކާނެ މާރުކޭޓެއްގެ ޑިޒައިނާއި ކޮންސެޕްޓު ހުށަހަޅާން ވާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އެހެން ނަމަވެސް މި ތަންތަން އިމާރާތްކުރެވޭނީ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ޕްލޭނާއި އެއްގޮތަށް ކަމަށް އެ ކައުންސިލުން ބުނެއެވެ.
މި މަސައްކަތަކަށް ޝައުގުވެރިވާ ދިވެހި ކުންފުނިތަކުން ބިޑު ސެކިއުރިޓީގެ ގޮތުގައި 50،000 ރުފިޔާ ހުށަހަޅާން ޖެހެ އެވެ. އަދި ބޭރުގެ ކުންފުނިތަކުން 4000 އެމެރިކާ ޑޮލަރު ބިޑު ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހެ އެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ރެޖިސްޓްރީ ކުރަން ޖެހޭނެ ކަމަށާއި މިކަމާ ގުޅެ ގޮތުން އެއްވެސް ސުވާލެއް އޮތް ނަމަ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެކައުންސިލަށް އެކަން ހުށަހަޅަން ޖެހޭނެ ކަމަށްވެސް އިުލާނުގައި ބުނެފައިވެ އެވެ. އަދި ހުށަހަޅާ ސުވާލުތަކަށް އަންނަ މަހުގެ 11 ވަނަ ދުވަހު ޖަވާބު ދޭނެ ކަމަށާއި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 24 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅަން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު https://www.gazette.gov.mv/iulaan/183867 އަދި https://www.gazette.gov.mv/iulaan/183873 މި އިއުލާނުގައިވާނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު