ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވެ، އެ ބަލީގައި ރާއްޖޭން މަރުވި މީހުންގެ ޖުމުލަ އަދަދު 297 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ، ހދ. މަކުނުދޫ ހެލްތު ސެންޓަރުގައި ފަރުވާދެމުންދިޔަ މީހަކު މިއަދު ހަވީރު 5:40 ގައި މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ 87 އަހަރުގެ މީހެއް ކަމަށެވެ.

މިއީ ކޮވިޑް ޖެހިގެން މިމަހު މަރުވި 21 ވަނަ މީހާއެވެ. އިއްޔެވެސް ވަނީ ކޮވިޑް ޖެހިގެން ދެ މީހަކު މަރުވެފައެވެ.

މި މަރާއެކު ރާއްޖޭން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 297 އަށް އަރައިފައެވެ. 278 ދިވެހީންނާއި 19 ބިދޭސީންނެވެ.

ކޮވިޑު ބަލީގައި ރާއްޖޭން އެންމެ ގިނަ މީހުން މަރުވެފައިވަނީ 2020 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.