ކޮވިޑު ޖެހިގެން އިތުރު ދެ މީހަކު މަރުވެ، އެ ބަލީގައި ރާއްޖޭން މަރުވި މީހުންގެ ޖުމުލަ އަދަދު 296 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ، މަރުވި ދެ މީހުންނަކީ ވެސް ށ. ކޮވިޑު މެނޭޖްމެންޓު ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހުން ކަމަށެވެ.
ފުރަތަމަ މަރުވެފައިވަނީ 78 އަހަރުގެ އަންހެކެނެވެ. އޭނާ މަރުވެފައިވަނީ ހަވީރު 3:22 ގައެވެ. ދެވަނަ މީހާ މަރުވެފައިވަނީ ހަވީރު 4:55 ގައެވެ. އެއީ 78 އަހަރުގެ ފިރިހެނެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މިއީ ކޮވިޑް ޖެހިގެން މިމަހު މަރުވި 20 ވަނަ މީހާއެވެ.
މި މަރާއެކު ރާއްޖޭން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 296 އަށް އަރައިފައެވެ. 277 ދިވެހީންނާއި 19 ބިދޭސީންނެވެ.
ކޮވިޑު ބަލީގައި ރާއްޖޭން އެންމެ ގިނަ މީހުން މަރުވެފައިވަނީ 2020 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު