ސޭވް އެނާޖީ ކެމްޕެއިންގެ ދަށުން މާދަމާ ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ސްޓެލްކޯ އިން ނިންމައިފިއެވެ.

ސްޓެލްކޯ އިން މިއަދު ބުނީ މިއަހަރުގެ ހޫނުގަދަ ދުވަސްވަރާ ދިމާކޮށް، ކަރަންޓު އިގުތިސާދު ކުރުމަށް ބާރު އަޅައި، އެ ކުންފުނިން ހިންގާ ސޭވް އެނާޖީ ކެމްޕެއިންގެ ދަށުން ވަރަށް ހާއްސަ ކުޑަކުދިންގެ ހަވީރެއް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން 25 މާދަމާ 16:30 އިން 18:30 އަށް މި ކުޑަކުދިންގެ ހަވީރު ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ހަވީރުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު އެކި ހަދިޔާތަކާއެކު ކުރިއަށްގެންދާ ކުޅިވަރުތަކުގެ އިތުރުން ރޮބޯމޭންގެ ހުށަހެޅުންތަކާއި، އޭނާޖީ ސޭވިން އެލްއީޑީ ބޮކި ބެހުމަށް ވެސް ނިންމާފައިވާ ކަަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯ އިން މީގެ ކުރިން ވަނީ މާލޭގައިވެސް މިފަދަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފައެވެ.