މީގެ ހަ އަހަރު ކުރިން ލ. ގަމު ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ބާންދް ޝަހުމިޔާގެ މަރުގެ މައްސަލައިގައި، ދައުވާ ކުރާ ލ.ގަން/ ރެޑްފިޝް، އަލީ ހަމްޒާ، ކޯޓުގެ ހުރުމަތް ކަނޑައިގެން 15 ދުވަހުގެ ހަލު ހުކުމެއް ކޮށްފިއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި، އޭނާގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް ކުރީ ބާންދް ޝަހުމިޔާގެ ފިރިހެން ދަރިފުޅުގެ ބަސް ނަގާ ނިމުމުން، ހަމްޒާ ވާހަކަ ދައްކަން ފަށައި ހުތުރުބަސް ބޭނުން ކުރުމުންނެވެ.
އެކަމާ ގުޅިގެން ޝަރީއަތުގެ ހުރުމަތް ކެނޑިކަމަށް ކަނޑައަޅައި، ގާޒީ އަލީ އާދަމް އޭނާއަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ.
މިއަދުގެ އަޑު އެހުމުގައި، ބާންދް ޝަހުމިޔާގެ ވާރިސުން ބުނީ އެމީހުން ބޭނުންވަނީ މަރުގެ ދިޔަ ކަމަށެވެ.
މި މައްސަލައަކީ ލ. ގަން ރަންދާނުގެ ފެންޑާގައި ބާންދް ޝަހުމިޔާ ނިދާފައި އޮއްވައި، ދިގު މިނުގައި ތިން ފޫޓު ހުންނަ ލަކުނޑި ފަތިބުރިއަކުން އޭނާގެ މޫނުގައި ޖޫން 9، 2015 ވަނަ ދުވަހުގެ 22:00 އެހާކަންހާ އިރު، ހަމްޒާ ޖެހުމުގެ ސަބަބުން އޭނާ މަރުވެފައިވާ މައްސަލައެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު