ދިވެހި ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު 40 ފުލުހަކު ހުވާކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންނަށް ހުވާލައިދެއްވީ ފެމެލީ ކޯޓުގެ ގާޒީ ޒައީމާ ނަޝީދު އަބޫބަކުރެވެ.
ފުލުހުންގެ ހިދުމަތާ އިއްޔެ ގުޅުނު 40 ފުލުހުންގެ ތެރޭގައި ހިމެނެނީ 16 އަންހެން ފުލުހުންނާއި 24 ފިރިހެން ފުލުހުންނެވެ. ހުވާކުރުމަށްފަހު ފުލުހުން ވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.
ފުލުހުންނަށް ހުވާ ލައިދެއްވުމަށްފަހު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒައީމާ ވިދާޅުވީ ފުލުހުންގެ ހުވަޔާ އެއްގޮތަށް މަސައްކަތްކޮށް، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށާ އަދި ފުލުހުންގެ ގާނޫނީ ވާޖިބު ފުރިހަމައަށް އަދާކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ހެޑް އޮފް ހިއުމަން ރިސޯސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ނާފިޒު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު