ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކެބިނެޓް އޮފީހުގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް ޔުނިޓާއި ސިވިލް ސާވިސް ޓްރޭނިން އިންސްޓިޓިއުޓް (ސީއެސްޓީއައި) ގުޅިގެން ކުރިއަށްގެންދާ "ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް 2021-2023" ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ތަމްރީނު ސެޝަން މިއަދު ބާއްވައިފިއެވެ.
ގައުމީ ޔުނިވާސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގެ އޮޑިޓޯރިއަމްގައި މިއަދު ކުރިޔަށްގެންދިޔަ މި ސެޝަންގެ މައުލޫއަކީ "ސްޓްރެޓެޖިކް ތިންކިން، ސެޓިން ނިއު ޓާގެޓްސް އެންޑް ގޯލްސް" އެވެ.
މިސެޝަން ނަންގަވައިދެއްވީ، މައިންޑް ފީލްޑްސް އިންކް ކޮންސަލްޓިން އޭޖެންސީގެ ކޯޕަރޭޓް ޓްރޭނަރު އަދި ބިޒްނަސް ކޮންސަލްޓަންޓް މުހައްމަދު މިސްތޯހެވެ.
މި ސެޝަންގައި ސްޓްރެޓަޖިކް ތިންކިންގެ އެހީގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ވިސްނުން ބައްޓަންކުރަންވީ ގޮތުގެ މައްޗަށް އަލިއަޅުވާލައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މި ސެޝަންގައި ސަރުކާރުގެ އިދާރާތަކުގައި ހިންގުމުގެ ލެވެލްގައި މަސައްކަތްކުރާ 200އަށް ވުރެ ގިނަ ފަރާތުން ބައިވެރިވިއެވެ.
ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމަކީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހު ރައީސް ސޯލިހު ރަސްމީގޮތުން އިފްތިތާހުކޮށްދެއްވި ޕްރޮގްރާމެކެވެ.
ސަރުކާރުގެ ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމު ޕްރޮގްރާމަކީ، ރައީސް އޮފީހުގެ ޕަބްލިކް ސާވިސް ޓްރޭނިން ޔުނިޓާއި ސިވިލް ސާވިސް ޓްރޭނިން އިންސްޓިޓިއުޓް ގުޅިގެން، ދެ އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖައްސާފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ ސިޔާސީ މަގާމުތަކަށް އައްޔަން ކުރައްވައިފައިވާ ބޭފުޅުންނަށާއި ސިވިލް ސާވިސްގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ސެޝަންތައް ކުރިއަށްގެންދަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަމާ އެކުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު