ވައިގެ ސާފު މިންވަރު ދެނެގަތުމުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން މީހުންދިރިއުޅޭ 10 ރަށެއްގައި އެއާކޮލިޓީ މޮނިޓަރިން ސެންސަރު ހަރުކުރުމަށް ނިންމައިފިއެވެ.
މި މަޝްރޫއު ފެށުމުގެ ގޮތުން، ގަމުގެ އީކްއޭޓާ ވިލެޖްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އަލީ ނިޒާރެވެ.
މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގެ ވަނީ އެއާކޮލިޓީ މޮނިޓަރިން ސެންސަރު ހަރުކޮށްފައެވެ.
އެންވައިރަމަންޓް މިނިސްޓްރީން ބުނީ އައްޑޫސިޓީ ހިތަދޫގެ އިތުރުން ކޮލިޓީ މޮނިޓަރިން ސެންސަރު ހަރުކުރުމަށް ހަމަޖެހިފައި ވަނީ، ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ޅ. ނައިފަރު، މާލެ، ހުޅުމާލެ، ދ. ކުޑަހުވަދޫ، ލ. ގަން، ގދ. ތިނަދޫ އަދި ޏ. ފުވައްމުލަކުގައި ކަމަށެވެ.
ވައިގެ ސާފު މިންވަރު ދެނެގަންނަ ސެންސާއެއް އެންމެ ފުރަތަމަ ހަރުކޮށްފައި ވަނީ މިދިޔަ އަހަރު އެންވަޔަރަމަންޓް މިނިސްޓްރީގައެވެ.
މި ސެންސަތަކުން ފަސް އަހަރުގެ މުއްދަތަކަށް، ވައިގެ ސާފު މިންވަރު ވަޒަންކުރުމަށް ބޭނުންވާ ޑޭޓާ ކަމާބެހޭ އިދާރާތަކަށް ފޮނުވައި ދޭނެއެވެ. ވައިގެ ސާފު މިންވަރަށް ބަލައި، ސިއްހީ ލަފާ މި މޮނިޓަރިން ސެންސަރުގެ ޒަރިއްޔާއިން އާއްމުންނަށް ވެސް ލިބިގެންދާނެއެވެ.
މީގެ އިތުރުން، އެއްކުރެވޭ ޑޭޓާގެ އަލީގައި ވައިގެ ނުސާފުކަން ނުވަތަ ތަގައްޔަރުވެފައިވާ މިންވަރު ދެނެގަނެވި، އެ ޑޭޓާތައް ތަހުލީލުތަކާއި ދިރާސާތައްކުރުމަށް ބޭނުންކުރެވޭނެއެވެ.
މީގެ އިތުރުން "އައި ކިއު އެއާ" ގެ މޯބައިލް އެޕްލިކޭޝަން އިންސްޓޯލް ކުރުމާއެކު ވެބްސައިޓް https://www.iqair.com/ ގެ އެހީގައި ވައިގެ ސާފު މިންވަރު އަންގައިދޭ ޑޭޓާ އާއްމުންނަށް ފެންނަން ހުންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު