ނ. މިލަދޫގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު އެރަށު މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލައިފިއެވެ.
މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުނު ކަމަށް ތުހުމަތުކުރާ މީހަކު ހުއްޓުވުމުން އެރަށު ޕޮލިސް ޑެސްކުގެ އިންޗާޖު ސާޖެންޓު މުހައްމަދު އަރީޝްގެ ސައިކަލުގައި ބަޔަކު ވަނީ ރޯކޮށްލައިފައެވެ. އެ މައްސަލައިގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން 22 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއްގެ އިތުރުން 31 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ. އެ ތިން މީހުންނަކީވެސް ދިވެހިންނެވެ.
ފުލުހުން މިއަދު ބުނީ، އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިލަދޫ މެޖިސްޓްރޭޓް ކޯޓަށް މިއަދު ހާޒިރުކުރުމުން 22 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ޖަހައި ތުހުމަތު ކުރެވޭ އަނެއް ދެމީހުން ދޫކޮށްލާފައިވާ ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ފުލުހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ބަލަން ސަރުކާރު ނުތިބޭނެ ކަމަށާއި ސައިކަލުގައި ރޯކޮށްލި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު