ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޅ. އަތޮޅަށް މިއަދު ވަޑައިގެންފިއެވެ.

ރައީސް ސޯލިހު ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މަޑިވަރު، ހިންނަވަރު، ފެލިވަރު، ނައިފަރު، އޮޅުވެލިފުށި، އަދި ކުރެންދުއަށް ވަޑައިގަންނަވާނެއެވެ.

ރައީސް ސޯލިހު ފުރަތަމަ ވަޑައިގެންފައިވަނީ މަޑިވަރަށެވެ. މަޑިވަރުން ރައީސަށް ވަނީ ބޮޑުބެރާއެކު ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. އެމަނިކުފާނު މަޑިވަރަށް ވަޑައިގެން މަޑިވަރު އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވާނެއެވެ.

މި ދަތުރުފުޅުގައި މި ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމާއި ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމާއި އަދި ރަށްރަށުގައި ސަރުކާރުން ކުރިޔަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށްދާގޮތް ރައީސް ބައްލަވައިލައްވާނެއެވެއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ޅ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުފުޅު ނިންމަވާލައްވައި މާލެ ވަޑައިގަންނަވާނީ އަންނަ އާދިއްތަ ދުވަހުއެވެ.