ވޯލްޑް އިކޮނޮމިކް ފްރީޑަމް އިންޑެކްސް ނުވަތަ އިގުތިސާދީ މިނިވަންކަމުގެ އިިންޑެކްސްގައި ރާއްޖޭގެ ރޭންކިން ބޮޑުތަނުން ދަށަށް ގޮސް، ރާއްޖޭގެ އިގްތިސާދަށް ނުރައްކާވެފައިވާ ކަމަށް ބުނެފިއެވެ.
184 ގައުމު ހިމެނޭ ގޮތަށް ގައުމުތަކުގެ އިގުތިސާދީ މިނިވަންކަން އޮންނަވަރު ބަލައި ކޮންމެ އަހަރަކު ނެރޭ މި އިންޑެކްސްގައި މައިގަނޑު ގޮތެއްގައި ބަލައި ކަންތައްތަކަކީ ވިޔަފާރީގެ މިނިވަންކަމާއި ކޯޓުތަކުގެ އަދުލުވެރިކަމާއި ގާނޫނު ތަންފީޒު ކުރެވޭ މިންވަރާއި ސަރުކާރުގެ ތެދުވެރިކަމާއި ގައުމުގެ ދަރަންޏާއި ލިބޭ އާމްދަނީގެ އިތުރުން ގައުމުގެ ކޮރަޕްޝަން އޮންނަ ވަރާއި ހިޔާލުފާޅުކުރުމަށް އޮންނަ މިނިވަންކަމެވެ.
މި އިންޑެކްސް އަބަދުވެސް ނެރެނީ އަހަރުގެ ކުރީކޮޅެވެ. އެހެންކަމުން މި އިންޑެކްސްގެ މައުލޫމާތު ބިނާ ވާނީ އަބަދުވެސް ނިމިދިޔަ އަހަރެވެ.
އެގޮތުން 2022 ވަނަ އަހަރުގެ ރޭންކިން އަށް ބަލައި އިރު، ރާއްޖެއަށް ލިބިފައިވަނީ 47.3ގެ ސްކޯ އެކެވެ. މިއީ މިދިޔަ އަހަރުގެ ސްކޯ ކަމަށްވާ 55.2އާ އަޅައިބަލައި އިރު، 7.9ގެ ދަށްވުމެކެވެ. މި ސްކޯއާއެކު ރާއްޖޭގެ ރޭންކިން ވަނީ 161 ވަނައަށް ވެއްޓިފައެވެ. އަދި އޭޝިއާގެ 39 ގައުމުގެ ރޭންކިންއަށް ބަލައި އިރުވެސް ރާއްޖެ މިހާރު އޮތީ 36 ވަނައަށް ވެއްޓިފައެވެ.
އިންޑްކްސް ސްކޯއަށް ބަލައި އިރު، 2017 އިން ފެށިގެން 2020އާ ހަމައަށް އައީ ރަނގަޅު ވަމުންނެވެ. ނަމަވެސް 2021 އަހަރުން ފެށިގެން ސްކޯ ދަށްވާން ފަށާފައިވާ އިރު، 2022 ފެށުނު އިރު، ސްކޯ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި އެވްރެޖްކޮށް ހުރިހާ ކަމަކުންވެސް މިދިޔަ އަހަރާއި އަޅައި ބަލާއިރު މި އަހަރުގެ ރާއްޖޭގެ ހާލަތު ގޯސް ކަމަށް ދައްކައެވެ.
މި ސްކޯ ދަށްވި ސަބަބެއް ބުނެފައި ނުވި ނަމަވެސް، ބެލެވޭ ގޮތުގައި އެ ސްކޯ ދަށްވީ ކޮވިޑަށްފަހު އިގުތިސާދީ ހާލަތު ރަނގަޅުކުރަން ސަރުކާރުން ކުރި ހަރަދުތައް އިތުރުވުމެވެ. އަދި ރާއްޖޭގެ އިގުތިސާދު ނުރައްކަލަށް ވެއްޓިފައިވާ ކަމަށް ރިޕޯޓުން ދެއްކި ނަމަވެސް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ލަފާކުރާ ގޮތުގައި މި އަހަރު ދުނިޔޭގެ އެންމެ ބާރަށް ކުރިއަރާ ފަސް އިގުތިސޯދުގެ ތެރޭގައި ރާއްޖެ ހިމެނޭނެއެވެ.
މި އިންޑެކްސްގައި މުޅި ދުނިޔޭގެ ރޭންކިންގެ އެއްވަނައިގާ އޮތީ ސިންގަޕޫރެވެ. ދެވަނަައިގައި ސްވިޒަލެންޑް އޮތްއިރު ތިންވަނައިގައި އޮތީ އަޔަލޭންޑެވެ. އޭޝިއާ ސަރަހައްދަށް ބަލައި އިރު، އެއްވަނައިގާ އޮތީ ފިލިޕީންސެވެ. ދެވަނައިގައި މައިކްރޯނޭޝިޔާ އޮތްއިރު، ތިންވަނައިގައި އޮތީ ޓޮންގާއެވެ. އަވަށްޓެރި އިންޑިއާ 27 ވަނައިގައި އޮތްއިރު، ސްރީ ލަންކާ އޮތީ 28 ވަނައިގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު