އެއް ދުވަހެއްގެ ތެރޭގައި އެއް ބޯޓަކަށް އެންމެ ގިނައިން މިފްކޯއިން މަސް ކިރާފައިވަނީ އިއްޔެ ކަމަށް އެކުންފުނިން ބުނެފިއެވެ.
ގދ. ތިނަދޫ ބަނދަރުން، މިފްކޯއިން އެންމެ ފަހުން ގެނައި ބްރެއިން ފްރީޒިން ބޯޓު، "ޖަޒީރާ-102" އަށް ވަނީ އިއްޔެ 155.572 ޓަނުގެ މަސް ކިރާފައެވެ. މިއީ މިފްކޯގެ ތާރީހުގައި އެއް ދުވަހެއްގެ ތެރޭގައި އެއް ބޯޓަކަށް އެންމެ ގިނައިން މަސް ކިރުވި ފަހަރު ކަމަށް އެކުންފުނީން ބުނެއެވެ.
މިފްކޯގެ، ފެލިވަރު މެނޭޖަރު މުހައްމަދު އިބްރާހިމް "ވަން" އަށް ރޭ ވިދާޅުވީ، އިއްޔެއަކީ މިފްކޯގެ ތާރީހުގައި މުހިންމު ދުވަހެއް ކަމަށާއި މިފްކޯއިން އެންމެ ފަހުން ގެނައި ބޯޓަށް 155 ޓަނުގެ މަސް އެއް ދުވަހެއްގެ ތެރޭގައި ކިރުމަކީ، މަސްވެރިންނަށާއި މިފްކޯއަށްވެސް ލިބުނު ކުރިއެރުމެއް ކަމަށެވެ.
"ޖަޒީރާ-102" އަކީ ދުވާލެއްގެ މައްޗަށް 150 ޓަނުގެ ބްރެއިން ފްރީޒް ކުރެވޭ، އަދި 350 ޓަނުގެ ހޯލްޑިން ކެޕޭސިޓީ ހުރި ބޯޓެކެވެ. "ޖަޒީރާ-102" އޮޕަރޭޝަނަށް ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
މިފްކޯއިން މީގެ ކުރިން އެއް ދުވަހެއްގެ ތެރޭގައި އެއް ބޯޓަކަށް އެންމެ ގިނައިން މަސް ކިރާފައިވަނީ މަހާ ކަރެވިންޖާ ކިޔާ ބޯޓަކަށެވެ. އެފަހަރު އެބޯޓަށް އެއް ދުވަހުގެ ތެރޭގައި 110 ޓަނުގެ މަސް ކިރާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު