ށ. ކޮމަންޑޫ ކައިރީގައި އޮންނަ ގުޅިފައިވާ ތިން ރަށް, ރިސޯޓް ހަދަން ދޫކުރަން ސަރުކާރުން އިއުލާން ކޮށްފައި ވަނިކޮށް އެކަން ސިވިލް ކޯޓުން ހުއްޓުވައިފިއެވެ.
ކޮމަންޑޫ ކައިރީގައި އޮންނަ މެދުރަށާއި މައިރަށުގެ އިތުރުން ދިގުރަށުގައި ރިސޯޓް ހަދަން ސަރުކާރުން އިއުލާން ކުރީ, މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. ތިން ރަށުގެ ޖުމުލަ ބޮޑުމިނުގައި 19 ހެކްޓަރު ހުންނަ އިރު، އެރަށްތައް ދޫކުރަން ހަމަޖައްސާފައިވާ އެންމެ ކުޑަ އަގަކީ 1.2 މިލިއަން ޑޮލަރެވެ.
ޝަރީއަތުން ހުކުމްކޮށް ނުވަތަ ކޯޓުން ވަކި ގޮތެއް އަންގަންދެން އެ ތިން ރަށުގައި ރިސޯޓް ހަދަން ދޫކުރުން ހުއްޓުވީ ސިވިލް ކޯޓަށް ޕްރިމިއާ އިކުއިޓީ ޕްރައިވެޓް ލިމިޓެޑުން ޓޫރިޒަމް މިނިސްޓްރީއާ ދެކޮޅަށް ހުށަހެޅި މައްސަލައެއްގައި އެ ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރަކުންނެވެ.
ޕްރިމިއާ އިކުއިޓީން ދައުވާ ކުރަނީ އެ ތިން ރަށަކީ, އެ ކުންފުންޏަށް ރިސޯޓް ހަދަން ކުއްޔަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން 28 ސެޕްޓެމްބަރު 2008ގައި އެއްބަސްވެފައިވާ ލ. ބޮޑުފިނޮޅާއި ލ. ގަސްގަނޑުފިނޮޅު އަދި ޓްރެއިނިން ރިސޯޓެއް ހިންގުމަށް ކ. ގަމުގެ ދެ ބިމުގެ ބަދަލުގައި, ދޭން އެއްބަސްވެފައިވާ ތިން ރަށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ނިމެންދެން އެ ތިން ރަށް އެހެން ބަޔަކަށް ނުދިނުމުގެ އަމުރަކަށް އެ ކުންފުނިން އެދުނެވެ.
ސިވިލް ކޯޓުގެ އިސްގާޒީ އަބްދުالله އަލީ އިއްޔެ ނެރުނު އަމުރުގައި ބުނެފައި ވަނީ, އެ ކުންފުންޏަށް އެ ތިން ރަށް ދޭން ސަރުކާރުން އެ ކުންފުންޏާ އެކު މަޝްވަރާ ކޮށްފައިވާ އިރު، އެ މައްސަލައިގައި ގޮތެއް ނިމެންދެން އެހެން ފަރާތަކަށް އެ ތިން ރަށް ނުދެވޭނެ ފަދަ ފިޔަވަޅެއް ކޯޓުން އަޅަން ޖެހޭ ކަމަށެވެ.
އެހެންކަމުން ށ. މެދުރަށާއި މައިރަށުގެ އިތުރުން ދިގުރަށުގައި ރިސޯޓް ހަދަން ބިޑް ހުށަހެޅުން ފަސްކުރަން ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް އަންގާ ކަމަށް އަމުރުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު