ލިވަޕޫލް އަދި ސެނެގާލްގެ ތަރި ސަޑިއޯ މާނޭގެ ނަމުން އެގައުމުގެ ސްޓޭޑިއަމަކަށް ނަން ދީފިއެވެ.
މާނޭގެ ނަމުން ނަން ދިނުމަށް ނިންމާފައި ވަނީ އޭނާގެ އުފަން ސަރަހައްދު، ބަމްބާލީގެ ސެޑިއޯއަށް ނިސްބަތްވާ ސްޓޭޑިއަމަކަށެވެ. މާނޭގެ ނަމުން އެ ރަށުގެ ސްޓޭޑިއަމަކަށް ނަން ދިނުމަށް ނިންމާފައި ވަނީ ދާދިފަހުން ގައުމީ ޓީމާއެކު އޭނާ ހޯދި ކާމިޔާބީގެ އިތުރުން، އެ ސަރަހައްދުގެ ތަރައްގީއަށް މާނޭ ކޮށްދީފައިވާ އަގުހުރި އެތައް ހައިރާތެއްގެ ސަބަބުންނެވެ.
ސެނެގާލުން އެގައުމުގެ ތާރީހުގައި އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން) ފުރަތަމަ ފަހަރަށް ހޯދީ މިއަހަރުއެވެ. އެ ކާމިޔާބީގައި މާނޭގެ ހިއްސާވެސް ބޮޑެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު މާނޭއަށް ލިބުނު އިރު، ފައިނަލް މެޗުގައި މިސްރު ކައިރިން މޮޅުވި ޕެނަލްޓީ ޖެހީވެސް މާނޭއެވެ. މުބާރާތުގައި މާނޭ ވަނީ މުހިއްމު ތިން ގޯލެއް ޖަހައި، ދެ ގޯލަކަށް އެސިސްޓްވެސް ކޮށްދީފައެވެ.
ސެޑިއޯގެ މޭޔަރު އަޑްބޯލާޔޭ ޑިއޮޕް ވިދާޅުވެފައި ވަނީ މޭނާއަކީ އެ ސަރަހައްދުގެ އެންމެ އަގުހުރި ދަރި ކަމަށާއި، ސްޓޭޑިއަމްގެ ނަން މާނޭއަށް ބަދަލުކުރުމަށް ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށެވެ.
"ސަޑިއޯ މާނޭއަކި ސެޑިއޯގެ އެންމެ އަގުހުރި ދަރި. އަދި އޭގެ އިތުރުން މާނޭގެ އިންސާނިއްތު ކަމަށް ލޯބިކުރާ ޝަހުސިއްޔަތަކީ މުޅި ދުނިޔެއަށް ނަމޫނާއެއް. ބަމްބާލީ އެކަންޏެއް ނޫން. މުޅި ދުނިޔެ މާނޭއަށް ފަހުރުވެރިވާނެ،" ސެނެގާލުގެ ކަލްޗާ އެންޑް ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުވެސް އަދާކުރަ ޑިއޮޕް ވިދާޅުވިއެވެ.
ބަމްބާލީއަކީ މާނޭގެ އުފަން އަވަށެވެ. އެ އަވަށަށް މާނޭގެ އެހީތެރިކަން އިންތިހާއަށް ފޯރުކޮށްދީފައިވެއެވެ. މާނޭގެ ފައިސާގައި އެ ސަރަހައްދުގައި ހޮސްޕިޓަލްތަކާއި ސްކޫލުތައް އެޅުމުގެ އިތުރުން މިސްކިތްވެސް ބިނާކޮށްފައިވެއެވެ. އަދި ކޮވިޑް 19 ގެ ހާލަތުން އެ އަވަށުގެ ރައްޔިތުން އަރައިގަތުމަށް އެންމެ ބޮޑަށް އެހީވީވެސް މާނޭއެވެ.
ލިވަޕޫލާއެކު ޔޫރަޕްގެ ކާމިޔާބީތައްވެސް ހޯދާފައިވާ މާނޭގެ ކެރިއަރުގައި ފެށީ ފްރާންސްގެ ކްލަބެއް ކަމަށްވާ މެޓްޒްއިންނެވެ. އޭގެ އިތުރުން އޮސްޓްރިއާގެ ސާލްޒްބާގާއި ސައުތުހެމްޓަންއަށްވެސް ކުޅުނު މާނޭއަކީ މިވަގުތުވެސް ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ކުޅުންތެރިއެކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު