ށ. މިލަންދޫ ކައުންސިލަރަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން މިރޭ ބުނީ މިލަންދޫގައި މީހެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގި މައްސަލައެއް ރޭ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. މި މާރާމާރީގައި އަނިޔާވި މީހާއަށް މިލަންދޫ ހެލްތު ސެންޓަރުގައި ފަރުވާދީފައިވާ ކަމަށްވެސް ބުންޏެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ ހަތަރު ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީފައިވަނީ އެރަށު އެމްޑީޕީ ކައުންސިލް މެމްބަރެއް ކަމަށްވާ އަހުމަދު ޝިޔާމަށެވެ. އޭނާއަށް ހަމަލާ ދީފައިވަނީ ރޭގެ ވަގުތެއްގައި އެ ރަށުގެ ކެފޭއެއްގައި އޭނާ އިންދައި އެ ކެފޭތެރެއަށް ގްރޫޕަކުން ވަދެއެވެ.
ޝިޔާމަށް ހަމަލާދޭ ތަން ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ ކެފޭ ތެރޭގައި ހުރި ގޮނޑިތައް ނަގައި ހޫރާލައި ހަމަނުޖެހުން ހިންގާ މަންޒަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު