ތިމާވެށި ހިމާޔަތްކުރުމަށް ޕާލޭ މޯލްޑިވްސް އިން ކުރިއަށްގެންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސްް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން އެ ޖަމިއްޔާއާ އެކުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު އެކަމަށް ހާއްސަކޮށްގެން އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޕާލޭ މޯލްޑިވްސްއަށް އެމްޕީއެލުން އެހީތެރިކަން ފޯރުކޮށްދެނީ އެ ކުންފުނީގެ ސީއެއްސްއާރުގެ ދަށުންނެވެ.
އެމްޕީއެލްއިން ބުނީ ޕާލޭ މޯލްޑިވްސްއިން ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ވަނީ ތިމާވެށީގެ ކަންކަމުގައި ޕާލޭ މޯލްޑިވްސްއިން ކުރަމުން އަންނަ ކަންކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ.
އެމްޕީއެލްއާއެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ޕާލޭ މޯލްޑިވްސްއިން ބުނީ އެއްބަސްވުމުގެ ދަށުން އެމްޕީއެލްގެ އެހީތެރިކަމާއެކު 128 ރަށަކުން ޕްލާސްޓިކް އެއްކުރެވޭނެ ގޮތް ފަހިވެގެންދާނެ ކަމަށެވެ.
އެމްޕީއެލުން ދެމުން އަންނަ އެއްބާރުލުމާއެކު ހުޅުމާލެއިން ޕްލާސްޓިކް އެއްކުރާ ނިސްބަތްވެސް ވަރަށް ބޮޑުތަނުން އިތުރުކުރެވިގެންދާނެ ކަމަށް ޕާލޭ މޯލްޑިވްސްއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު