ކ. މާފުށީ ޖަލުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ތިބި ގައިދީން އެބަލިން ރަނގަޅުވެ، ޖަލުގެ ކަންތައްތައް އާއްމު ހާލަތަށް ގެނެސްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ މާފުށި ޖަލުގައި ކޮވިޑަށް ޕޮޒިޓިވްވި ހުރިހާ ގައިދީން މިހާރު އެބަލިން ފަސޭހަވެފައިވާތީ އެ ޖަލު އާއްމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
އަދި ނިއު ނޯމަލް ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުންތަކާއި ވަކީލުންގެ ބައްދަލުވުންތަކުގެ އިތުރުން ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.
މާފުށި ޖަލުގައި ކޮވިޑް ފެތުރެން ފެށުމުން މިދިޔަ ޖެނުއަރީ މަހު 14 ވަނަ ދުވަހުން ފެށިގެން އެ ޖަލު އޮތީ ކުއްލި ހާލަތަށް ގެނެސްފައެވެ. އަދި ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ހައި ރިސްކް ގައިދީން ގެއަށްވެސް ވަނީ ބަދަލުކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު