ކައިލީ ޖެނާ އަދި ޓްރެވިސް ސްކޮޓް އަށް ދެވަނަ ދަރިއަކު ލިބިއްޖެއެވެ.
ކައިލީ ދެވަނަ ދަރިފުޅު ލިބުނު ހަބަރު ވަނީ އޭނާގެ އިންސްޓަގުރާމު މެދުވެރިކޮށް ދީފައެވެ. ޓްރެވިސް ޓެގުކޮށް އިންސްޓަގުރާމަށް ލާފައިވާ ފޮޓޯގައި ދޮށީ ދަރިފުޅު، 4 އަހަރުގެ ސްޓޯމީ އޭނާގެ ކޮއްކޮގެ އަތުގައި ހިފާލައިގެން ކަމަށް ބެލެވޭ ކަޅާއި ހުދުގެ ފޮޓޯއެއް އިއްޔެ ދޫކޮށްލާފައިވަނީ ނޫ ކުލައިގެ ހިތަކާއެކު 2 ފެބްރުއަރީ 2022ގެ ތާރީހު ޖަހާފައެވެ.
''ކީޕިންގް އަޕް ވިތު ދަ ކާޑޭޝިއަން'' ޝޯ އިން މަޝްހޫރުވި އެ އާއިލާގެ ކައިލީ ޖެނާ 2015ވަނަ އަހަރުން ފެށިގެން ވަނީ އޭނާގެ އަމިއްލަ މޭކަޕް ކުންފުނި ''ކައިލީ ކޮސްމެޓިކްސް'' އާއެކު ވިޔަފާރީގައި ކުރިއަރައިގެން ގޮސްފައެވެ. މީގެ ކުރިން ފޯބްސް ބިލިއަނަރުންގެ ލިސްޓުގައި ނަން ހިމެނުމަށްފަހު އެ ލިސްޓުން އުނިވެފައިވީނަމަވެސް 24 އަހަރުގެ ކައިލީގެ މިލްކިއްޔާތުގައި މިހާރުވެސް 700 މިލިއަން ޑޮލަރު ހިމެނެއެވެ.
ކައިލީ ޖެނާ ދެވަނަ ދަރިއަކަށް ބަލިވެ އިން ހަބަރު ހިއްސާކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. 2017ވަނަ އަހަރު ލޯބީގެ ގޮތުން ގުޅުނު ކައިލީ އަދި ރޮކް ލަވަކިޔުންތެރިޔާ ޓްރެވިސް ސްކޮޓް އަށް ފުރަތަމަ ދަރިފުޅު ސްޓޯމީ ލިބިފައިވަނީ 1 ފެބްރުއަރީ 2018ވަނަ ދުވަހުގައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން