ހއ. އިހަވަންދޫން މިއަދު ގެއްލިގެން ހޯދަމުންދިޔަ މީހާ އެރަށު ވަލުތެރޭގައި ހުއްޓައި ފެނިއްޖެއެވެ.
އިހަވަންދޫން ގެއްލިގެން ހޯދަމުން ދިޔައީ އެރަށު މަފުރުވިލާ، 31 އަހަރުގެ ހަސަން ފަހުދެވެ.
އެރަށު ކައުންސިލުގެ ރައީސް އަހުމަދު ސޮބާހު މިރޭ "ވަން" އަށް ވިދާޅުވީ ފަހަދު ފެނިފައިވަނީ އެރަށު އުތުރު ފަރާތުގެ ވަލުތެރޭގައި ހުއްޓައި މިރޭ 12:35 ގައި ކަމަށެވެ. ސޮބާހު ވިދާޅުވީ ފަހުދު ފެނުނުއިރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ފަހުދު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު ހަވީރު 4:30 ގައި އެވެ. ފަހުދު ހޯދުމުގެ މަސައްކަތް ފެށީ އޭނާ މޫދަށް ދިއުމަށް ނުކުތް ގޮތަށް ފެނިފައި ނުވާތީ ކަމަށް ސޮބާހު ވިދާޅުވެފައިވެއެވެ.
ފަހުދު ހޯދުމުގެ މަސައްކަތް ކޮށްފައިވަނީ އެރަށު ކައުންސިލާއި ފުލުހުން އަދި އެރަށު ރައްޔިތުން ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު