އަނބިމީހާ ވިކްޓޯރިއާ ބެކަމަކީ ކެއުމުގެ ކަންކަމުގައި ވަރަށް އާދަޔާ ޚިލާފު އާދަތަކެއް ހިފަހައްޓާ މީހެއް ކަމަށާއި އޭގެތެރެއިން އެއްކަމަކީ އަބަދު އެކައްޗެއް ކެއުން ކަމަށް ޑޭވިޑް ބެކަމް ބުނެފިއެވެ.
ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ވިކްޓޯރިޔާއާ އިނދެގެން ފާއިތުވެގެންދިޔަ އަހަރުތަކާމެދު ވާހަކަ ދައްކަމުން ޑޭވިޑް ބެކަމް ބުނެފައިވަނީ އެންމެ އުނދަގޫ ކަމަކީ ދެމަފިރިންގެ ކެއުމުގެ އާދަތަކުގެ ތަފާތު ކަމަށާއި ފާއިތުވި 25 އަހަރުގެ ތެރޭގައި ވިކްޓޯރިޔާގެ ކެއުމަކީ އަބަދުވެސް ފިހުނު މަހާއި ކެއްކި ތަރުކާރީކަމުގައެވެ. އެނޫން އެއްޗަކާ ކައިރިވަނީ ވަރަށްވެސް މަދުފަހަރެއްގައި ކަމަށެވެ.
އެއްތައްޓަކުން ކެއުމަކީ ވޭތުވެގެންދިޔަ ދިގު މާޒީގައި އެންމެ ފަހަރަކު ނޫނީ ހިނގާފައިނުވާ ކަމެއް ކަން ފާހަގަކުރަމުން ޑޭވިޑް ބެކަމް ބުނެފައިވަނީ އޭނާގެ ތަށިން ވިކްޓޯރިޔާ އެތިކޮޅެއް ކައިފައިވަނީ އެމީހުންގެ ދަރިފުޅު ހާޕަރއަށް ވިކްޓޯރިޔާ ބަލިވެއިން ދުވަސްވަރު ކަމުގައެވެ. އެއީ ވަރަށްވެސް ފޮނި ހަނދާނެއް ކަމަށް ބުންޏެވެ.
އުމުރުން މިހާރު 46 އަހަރުވީ ޑޭވިޑް ބެކަމަކީ އިންގްލެންޑްގެ ގައުމީ ޓީމާއި މެންޗެސްޓަރ ޔުނައިޓެޑް އަދި ރެއާލް މެޑްރިޑަށް ވެސް ކުޅެފައިވާ ސުޕަރ ސްޓާރެކެވެ. މިހާރު އުމުރުން 47 އަހަރު ވެފައިވާ ވިކްޓޯރިޔާ އަކީ ކުރީގެ މަޝްހޫރު ބޭންޑު ސްޕައިސް ގާރލްސްގެ އިސް ބައިވެރިއެކެވެ. އެކައްޗެއް ކައިނޫޅުނަސް މިދެމީހުންނަށް މިހާރު ހަތަރު ކުދިން ވަނީ ލިބިފައެވެ.
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު