ދިރާގުން އަމިއްލަ ޕޯސްޓްޕެއިޑް ބޭނުންކުރާ ކަސްޓަމަރުންނަށް "ސަޅި ޑެއިލީ ޑޭޓާ" ބަންޑަލްސް ތައާރަފުކޮށްފިއެވެ.
ދިރާގުން ބުނީ، އެކުންފުނީގެ އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ސަޅި ޑެއިލީ ޑޭޓާ ބަންޑަލްސްގެ ދަށުން ކޮންމެ ދުވަހަކު ވެސް ހިދުމަތުގެ ފަސޭހަތަކެއް ލިބި ބޮޑެތި ޑޭޓާ އެލަވަންސްތައް ލިބިގެންދާނެ ކަމަށެވެ.
އެގޮތުން އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެއްފަހަރު އެކްޓިވޭޓް ކޮށްލައިގެން އިތުރު ޑޭޓާ ބެނެފިޓްސް ލިބިގަތުމަށް ސަޅި90، ސަޅި150 އަދި ސަޅި210 އިހުތިޔާރު ކުރެވޭނެއެވެ. އަދި ސަޅި90 އެޑް-އޮން އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް މުނިފޫހިފިލުވުމުގެ ހުރިހާ ބޭނުންތަކަށް 60 ޖީބީ ޑޭޓާ އާއެކު ދުވާލަކު އެއް ޖީބީ ޑޭޓާ ލިބޭނެއެވެ.
ސަޅި150 އެޑް-އޮންއަށް ދުވާލަކު ދެ ޖީބީގެ ޑޭޓާ ލިބޭ އިރު، ޖުމުލަ 90 ޖީބީ ޑޭޓާ ލިބިގެންދާނެއެވެ. ދިރާގުގެ އެންމެ ބޮޑު ޑެއިލީ ޑޭޓާ ޕްލޭން، ސަޅި 210 އެޑް-އޮން މެދުވެރިކޮށް ދުވާލަކު ތިން ޖީބީ ލިބޭ އިރު، ޖުމުލަ 120 ޖީބީ ލިބިގެންދާނެއެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ސަޅި ޑެއިލީ ޑޭޓާ އެކްޓިވޭޓް ކޮށްލެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު