ލަވަކިޔުންތެރިޔާ ރިއާނާ އަދި އޭސެޕްއަށް ދަރިޔަކު ލިބެން އެބައުޅެއެވެ.
އިއްޔެ މި ދެ ތަރީންގެ އާއްމުވި ފޮޓޯތަކުން ރިއާނާ ބަލިވެ އިންކަން ފެންނަން ހުރިއިރު މިއީ މި ދެ މީހުންނަށް ލިބެން އުޅޭ އަލަތު ދަރިފުޅަށް ވެގެންދާނެއެވެ.
އޭސެޕް އަދި ރިއާނާ ލޯބީގެ ގޮތުން ގުޅިފައިވަނީ 2020ވަނަ އަހަރުގެ ނޮވެމްބަރުގައެވެ. އެ އަހަރުގެ ޖެނުއަރީމަހު ރިއާނާ ވަނީ ބިލިއަނަރު ހަސަން ޖަމީލް އާއެކު އޮތް 3 އަހަރުގެ ގުޅުން ނިމުމަކަށް ގެނެސްފައެވެ. އަދި އޭސެޕް އާއެކު އެ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ރިއާނާގެ ފެންޓީ ސްކިން ކެންޕޭނުގައި އޭސެޕް ވަނީ ބައިވެރިވެފައެވެ.
މީގެ ކުރިން ޖީކިއު އަށް އޭސެޕް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ރިއާނާ އަކީ އޭނާގެ ހަޔާތުގެ ބައިވެރިޔާ ކަމަށެވެ. ކުރިއަށް އޮތްތަނުގައި އޭނާ ބައްޕައަކަށް ވާން ބޭނުންވާކަމަށް ވެސް އޭސެޕް ވަނީ ބުނެފައެވެ. މީގެ ކުރިން ބްރިޓިޝް ވޯގް އަށް ދިން އިންޓަވިއުއެއްގައި ރިއާނާ ބުނެފައިވަނީ ހަޔާތަކީ ކުރު އެއްޗެއް ކަމަށާއި ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ހަޔާތުގެ ބައިވެރިއެއް ނެތަސް، ތިނެއް ނުވަތަ ހަތަރު ވަރަކަށް ދަރިން ހޯދަން އޭނާ ވިސްނާފައިވާ ކަމަށެވެ.
އުމުރުން 33 އަހަރުގެ ރިއާނާ އަދި އޭސެޕް އަށް ލިބެން އުޅެނީ ކޮން ކަހަލަ ކުއްޖެއް ކަމެއް އަދި ވިހާނީ ކިހާތާކު ކަމެއް މީޑިއާއަށް އާއްމުކޮށްފައެއް ނުވެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން