ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމާފުޅު، މަރިޔަމް ޒުބައިރު (މަންދީ)އަށް ހަމަލާދިން ކަމުގެ ތުހުމަތުވާ އަހުމަދު ޖަޒީލް އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
އެމްޑީޕީގެ އޮފީސް ތެރޭގައި ވެހިކަލެއްގެ ޗޭނުގަނޑަކުން މަންދީ އަށް ހަމަލާދީފައިވަނީ މިދިޔަ ސެޕްޓެމްބަރު ދެވަނަ ދުވަހު އެވެ. ޖެހިގެން އައި ދުވަހު ޖަޒީލް ހައްޔަރުކުރި ނަމަވެސް ބަންދުގައި ދުވަސްކޮޅަަކު ބެހެއްޓުމަށްފަހު ފުލުހުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.
އޭގެ ފަހުން އޭނާ ވަނީ އަލުން އެހެން މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ޖަޒީލް ހައްޔަރު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.
އޮފިސަރު ވިދާޅުވީ ޖަޒީލް ހައްޔަރު ކުރީ ގެވެށި އަނިޔާގެ މައްސަލައެއްގައި ކަމަށެވެ. އަދި މިހާރު އެމައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ޖަޒީލްގެ ބަންދާމެދު ގޮތެއް ނިންމުމަށް މި މަހުގެ 29 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް އޭނާ ގެންދިޔުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާދީފަ އެވެ.
އެނގިފައިވާ ގޮތުގައި ޖަޒީލް ވަނީ އޭނާގެ މައިންބަފައިންނަށް ބިރުދައްކައި މުދަލަށް ގެއްލުންދީފަ އެވެ. އަދި ފުލުހުންގެ ކުރިމަތީގައިވެސް އެނާ ވަނީ މުދަލަށް ގެއްލުންދީ މައިންބަފައިންނަށްވެސް އިންޒާރުދީފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު