ދުނިޔޭގެ އެންމެ މައްޝޫރު ސްޕީޑް ޓެސްޓު ހަދާ ކުންފުނި، "އޫކްލާއިން" ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގެ އެވޯޑު ދިރާގަށް ދީފިއެވެ.
އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރިޕޯޓުން ދައްކާގޮތުން ދިރާގުން ވަނީ އެންމެ ހަލުވިކޮށް އަޕްލޯޑް އަދި ޑައުންލޯޑް ސްޕީޑް ހޯދައި ރައްޖޭގެ މޮބައިލް މާކެޓްގެ ލީޑަރުގެ މަގާމު ހޯދައިފައެވެ.
އޫކްލާގެ ސީއީއޯ ޑަގް ސަޓްލްސް ވިދާޅުވީ ސްޕީޑް ޓެސްޓު އެވޯޑްގެ ބައިވެރީންނަކީ ނެޓްވާރކް އޮޕަރޭޓަރުންގެ ތެރެއިން ހޮވާލެވޭ އެލީޓް ޑެލިގޭޝަންސް ތަކެއް ކަމަށާއި އަދި މި އެވޯޑް ލިބޭ ފަރާތްތަކަކީ އެ މާކެޓެއް ލީޑްކޮށް ނަގައިކިޔޭވަރުގެ އިންޓަނެޓް ހިދުމަތެއް ފޯރުކޮށްދެމުން އަންނަ ފަރާތް ކަމަށެވެ. އެގޮތުން ދިރާގުން ވަނީ 2021 ވަނަ އަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރުގައި ވަރުގަދަ ޕަރފޯމަންސެއް ދައްކުވައިދީ ކަސްޓަމަރުން ހަދާފައިވާ ސްޕީޑް ޓެސްޓުތަކުގެ ނަތީޖާއިންވެސް ލީޑްނަގާފައި ކަމަށެވެ.
މި އެވޯޑަކީ ދިރާގުން ރައްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށް 'ޑިޖިޓަލް ރާއްޖެ“ އަކަށް ތައްޔާރުވުމަށް ހިތްވަރުދީ ބާރުވެރިކުރުމަށް ކުރެވޭ ގައުމީ މަސައްކަތުގެ ހެއްކެއް ކަމަށް ދިރާގުން ބުނެއެވެ. އަދި އޫކްލާ ފަދަ ބައިނަލް އަގްވާމީ މިނިވަން މުއައްސަސާއަކުން މިފަދަ އެވޯޑެއް ލިބުމަކީ ދިރާގަށް ލިބުނު ވަރަށްބޮޑު ޝަރަފެއް ކަމަށާއި ދިރާގު ގެ ކަސްޓަމަރުންނަށް ލިބުނު އިތުރު ހިތްހަމަޖެހުމެއްކަމަށް ވެސް އެކުންފުނިން ބުނެއެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު ވަނީ ދިިރާގަށް ލިބުނު މި ކާމިޔާބީ އަކީ އެކުންފުނީގެ ހީވާގި މުވައްޒަފުން ހިދުމަތްތައް އެންމެ މަތީފެންވަރުގައި ބެހެއްޓުމަށް ކުރަމުން އަންނަ ބުރަ މަސައްކަތުގެ ނަތީޖާކަން ފާހަގަކުރައްވައި ޝުކުރުދަންނަވާފައެވެ. އަދި ކަސްޓަމަރުން ދިރާގަށް ކުރައްވާ އިތުބާރާއި ދިރާގުގެ ހިދުމަތްތަކަށް ދެއްވާ ތަރުހީބަށްވެސް އިސްމާއީލް ޝުކުރުދެންނެވިއެވެ.
ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއަކަށް ޑިޖިޓަލް އަދި މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނީގެ ހައިސިއްޔަތުން ދިރާގުންވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓުތައް އަދި ސިނާއީ މަސައްކަތްކުރާ ހުރިހާ ހިސާބުތަކަކަށް 100 އިންސައްތައަށް 3ޖީ އަދި 4ޖީ މޮބައިލް ކަވަރޭޖް ފޯރުކޮށްދީފައި ކަމަށް އެކުންފުނީން ބުނެއެވެ.
ދިރާގުން ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް ޑިޖިޓަލް ހިދުމަތްތަކުން ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށާއި އަދި ހަމަ އެހެންމެ، ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި މުޖުތަމައު ބާރުވެރިކުރުވައި، ޑިޖިޓަލް ފަރަގު ކުޑަ ކުރެވޭނެ ގޮތްތައް ހޯދައި ދެނެގަތުމަށް ކަމަށްވެސް އެކުންފުނިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު