ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވެ މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 275 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ޅ. ނައިފަރު އަތޮޅު ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ 66 އަހަރުގެ އަންހެނަކު މިއަދު ހެނދުނު މަރުވެފައިވާ ކަމަށެވެ.
މިއާއެކު މިބަލީގައި މިމަހު މަރުވި މީހުންގެ އަދަދު ވަނީ 13 އަށް އަރައިފައެވެ. އަދި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 275 އަކަށް އަރައިފައެވެ. އެއީ 257 ދިވެހީންނާއި 18 ބިދޭސީންނެވެ.
ކޮވިޑު ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ 2020 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު