ޑްރައިވިން ލައިސަންސް ނެގުމަށް ފަރިތަކުރުމާއި ޑްރައިވިން ޓެސްޓު ހެދުން ހުޅުމާލެއަށް ބަދަލުކޮށްފިއެވެ.

ލައިސެންސް ނެގުމަށް ދުއްވަން ފަރިތަކުރުމާއި ޑްރައިވިން ޓެސްޓުތައް ކުރިން ހަދަމުންދިޔައީ މާލޭގެ އިންޑަސްޓްރިއަލް ޒޯނުގެ ތެރޭގައެވެ. ނަމަވެސް ތިލަމާލެ ބުރިޖުގެ މަސައްކަތަށް އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.

ފިތުރޯނުގަސް މަގުގައި, އެމްޕީއެލްގެ ޕޯޓާ ޖެހިގެން އޮންނަ ހުސް ބިމުގައި ހަދާފައިވާ އާ ޑްރައިވިން ޓްރެކް ހަދާފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ހަވާލުކޮށްގެން މާލޭ ސިޓީ ކައުންސިލުންނެވެ.

އެ ކައުންސިލުން މިއަދު ބުނީ, ހުޅުމާލޭގެ ޑްރައިވިންގް ޓެސްޓް ހަދާ ސަރަހައްދުގެ މަސައްކަތުގެ 90 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެތަނުގައި އިތުރަށް ކުރަން ހުރީ ދެ ފާހާނާއާއި ވެއިޓިން އޭރިއާއެއް ގާއިމުކުރުމުގެ މަސައްކަތް ކަމަށް ބުންޏެވެ.