މާލެއިން ހުޅުމާލެއަށް ދަތުރު ކުރި ކާރެއް ހައިވޭ ފެންސްގައި ޖެހި އެކްސިޑެންޓުވެ ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މިރޭ ބުނީ މިރޭ 9:40 ހާއިރު މާލެ އިން ހުޅުމާލެ އަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ހައިވޭ ފެންސްގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްގައި ކާރުގައި ތިބި ދެ މީހުންނަށް ވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓު ހިނގިއިރު ކާރުގައި ތިބީ ފިރިހެނަކާއި އަންހެނެއް ކަމަށާއި އެ ދެ މީހުނަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އެކްސިޑެންޓުވި ކާރުގެ ކުރީކޮޅަށާއި ފަހަތަށްވެސް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. އަދި ހައިވޭ ފެންސަށްވެސް ވަރަށް ބޮޑަށް ގެއްލުންވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު